މޯލްޑިވްސް ޕޮލިސް ސާވިސް

މައްޗަށްގޮޅި އަވަށު އޮފީހުން ވަގަށް ނެގި ތަކެތި ހޯދައިފި

Dec 14, 2021

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މައްޗަށްގޮޅި އަވަށު އޮފީސް ފަޅާލައި ވަގަށް ނެތި ފުލުހުން ހޯދައިފި އެވެ.

މައްޗަށްގޮޅި އަވަށު ފަޅާލީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ އެ އޮފީހުން ވަގަށް ނެގި ތަކެތި އިއްޔެގެ ވަގުތެއްގައި ހޯދީ ގަލޮޅު ޕޮލިހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން މާލޭގެ ހަނި ގޯޅިގަނޑެއްގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

މައްޗަށްގޮޅި އަވަށު އޮފީހުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕްރޮޖެކްޓަރަކާއި ދެ ލެޕްޓޮޕާ އަދި ލެޕްޓޮޕްގެ ދެ ޗާޖަރު ފުލުހުން ހޯދާފައިވެ އެވެ. ނަމަވެސް މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މައްޗަށްގޮޅި އަވަށު އޮފީހުގައި ތިބޭ މުވައްޒަފުންގެ މައިގަނޑު މަސައްކަތަކީ މާލެ ސިޓީ ކައުންސިލްގެ ހިއުމަން ރިސޯސް މަސައްކަތްތަކާއި ސިޓީ ކައުންސިލްގެ އެސެޓްތަކުގެ މައުލޫމާތު ބެލެހެއްޓުމެވެ.

އަވަށު އޮފީސް ފަޅާލި މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.