ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް އެއްވަރުވެ ޗެމްޕިއަން ބާސެލޯނާ އަށް ނުތަނަވަސްކަން ވެރިވެއްޖެ އެވެ.
އެ ޓީމު ރޭ އެއްވަރުވީ ދެ ލަނޑުގެ ލީޑެއް ލިބިފައިވަނިކޮށް ފަހަތުން އަރައި ޑިޕޯޓިވޯ ލަކަރޫނިއާ އެއްވަރުކުރުމުންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގައި ލަޔޮނަލް މެސީ އެވެ. އޭގެ ފަހުން އިވާން ރަކިޓިކް ލަނޑު ޖަހާފައިވަނިކޮށް ލަކަރޫނިއާ ނަތީޖާ ހަމަހަމަކުރީ އެންމެ ނުވަ މިނިޓްތެރޭގަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ 77 ވަނަ މިނިޓްގައި ލޫކަސް ޕްރޭޒް އެވެ. ދެ ވަނަ ލަނޑު ޖެހީ 86 ވަނަ މިނިޓްގައި ބާގަންޓީނޯސް އެވެ.
މި ނަތީޖާއާއެކު އަދިވެސް ބާސެލޯނާ އޮތީ 35 ޕޮއިންޓާއެކު އެއްވަނާގަ އެވެ. އެކަމަކު ދެ ވަނާގައިވާ އެތްލެޓިކޯ މެޑްރިޑް މިރޭ އެތްލެޓިކް ބިލްބާއޯ އަތުން މޮޅުވެއްޖެނަމަ ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވާނެ އެވެ. އަދި ވިޔަރެއާލް އަތުން މާދަމާ ރޭ ވާދަވެރި ރެއާލް މެޑްރިޑް މޮޅުވެއްޖެނަމަ ބާސެލޯނާއާ ދެ ޕޮއިންޓަށް ކައިރުކުރެވޭނެ އެވެ.
ރެއާލް ބަލިކޮށް ބާސެލޯނާ ހޯދި ހަ ޕޮއިންޓް ލީގު ހަނިވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ވެލެންސިއާ އަތުން 1-1އިން މިދިޔަ ހަފުތާގައި އެއްވަރުވެފައިނިކޮށް ރޭގެ މެޗު އެއްވަރުވުމެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ބްރެޒިލް ފޯވަޑް ނޭމާ އިނީ އަނިޔާގެ ސަބަބުން ކުޅިބަލާށެވެ.