ރައްޔިތުންގެ މަޖިލިސް

ހުސައިން އަވަހާރަވުމަކީ މަޖިލީހަށް ލިބުނު ނިކަމެތި ކަމެއް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމަކީ ރާއްޖެ އާއި ރައްޔިތުންގެ މަޖިލީހަށްވެސް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

އެ މަޖިލީހުން މިހެން ބުނެފައިވަނީ ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ހުސައިންގެ ގައުމީ ހިދުމަތް ވަނީ ފާހަގަކުރައްވާފައެވެ. އަދި ހުސައިން ގެންދެވީ ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ވަރަށް މުހިންމު މަސައްކަތްތަކެއްގައި ބައިވެރިވެވަޑައިގަންނަވަމުން ކަމަށް ބުނެފައިވެއެެވެ. އެގޮތުން މާލިއްޔަތު ކޮމެޓީ އާއި އިމްތިޔާޒާއި ސުލޫކީ ކޮމެޓީ އާއި ބަަޖެޓް ދިރާސާ ކުރާ ކޮމެޓީ އާއި ލާމަރުކަޒު ކޮމެޓީގެ ޖޮއިންޓް ކޮމެޓީގައި ހުސައިން ބައިވެރިވެވަޑައިގަންނަވާކަން ފާހަގަ ކުރައްވާފައިވެއެވެ.

މި ހިނގާ މަޖިލީހުގެ އިތުރުން 17 ވަނަ މަޖިލީހުގައިވެސް ހުސައިން ވަނީ ކޮމަންޑޫ ދާއިރާ ތަމްސީލު ކުރައްވާފައެވެ.

މަޖިލީހުގެ ބަޔާނުގައި ބުނެފައިވަނީ ހުސައިން އަވަހާރަވުމަކީ ރާއްޖެ އާއި ރައްޔިތުންގެ މަޖިލީހަށްވެސް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. އަދި ހުސައިން އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ވަނީ ތައުޒިޔާ ފޮނުވާފައެވެ.

ކެންސަރުގެ އާލާސްކަންފުޅުގައި ހުސައިން އަވަހާރަވީ ރޭ މެންދަމުގެ ވަގުތެއްގައެވެ. ހުސައިންގެ ޖަނާޒާ އޮތީ މެންދުރު ނަމާދަށް ފަހު އާސަހަރާގައެވެ.