ފެހެންދޫ

ފެހެންދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ

ބ. ފެހެންދޫގައި އެމްޓީސީސީން ކުރިއަަށް ގެންދިޔަ ބަނދަރު ހެދުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީީން ބުނީ ފެހެންދޫގެ ބަނދަރުގެ މަސައްކަތް މިިދޔަ މަހު 15 ވަަނަ ދުވަހު ނިމިފައިވާ ކަމަށެވެ.

މިއީ 45.1 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 18,500 ކިއުބިކް މީޓަރުގެ އާ ހާބަރު ބޭސިން ފުންކޮށް 25,000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ވެސް ފުންކޮށް 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ވެސް ވަނީ ލައިފަ އެވެ. އަދި 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލައި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވެސް ވަނީ ޖަަހައިފަ އެވެ.

މީގެ އިތުރުން މަގު ބައްތިއާއި ނެރު ބައްތި ހަރުކޮށް 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ވެސް ވަނީ ހަދައިފަ އެވެ.

އާބާދީގައި 300 އެއްހާ މީހުން ދިރިއުޅޭ ފެހެންދޫގައި ބަނދަރެއް ނެތި ލަފާ ފުރުމުގައި ދަތިވުމުގެ ސަބަބުން މީގެ ކުރިން އެ ރަށަށް ގެންނަ މުދާތައް ބާލަމުން ދިޔައީ ފެހެންދޫއާ އެއް ފަޅެއްގައި އޮންނަ ބ. ގޮައިދޫ އަށެވެ.

ފެހެންދޫގެ ބަނދަރު ހަދައި ނިންމިއިރު ސަރުކާރުން ވަނީ އެ ރަށާއި ގޮއިދޫއާ ކޯޒްވޭ އަކުން ގުޅާލުމަށްވެސް ނިންމާފަ އެވެ. އަދި އެކަމަށްޓަކައި މިއަހަރުގެ ބަޖެޓުގައި ފައިސާ މިންވަރެއް ވެސް ވަނީ ހިމަނާފަ އެވެ.