ފެހެންދޫ

ފެހެންދޫ ބަނދަރު މަސައްކަތް ފަށައިފި

Oct 6, 2020

ބ. އަތޮޅު ފެހެންދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށައިފި އެވެ.

ފެހެންދޫ ބަނދަރަކީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. އެ ރަށުގެ ބަނދަރުގައި 130 މީޓަރުގެ ބޭރު ތޮށިލުމާއި، 282 މީޓަރު ރިވެޓްމެންޓް ޖަހާނެ އެވެ. އަދި 214 މީޓަރު އެއްގަމު ތޮށި ހެދުމާއެކު ބަނދަރުގައި ރޭމްޕެއް ހަދައި ވޯކްވޭ ބްރިޖެއް އަޅާނެ އެވެ.

މީގެ އިތުރުން އެއްގަމު ތޮށި ވަށައިގެން ޕޭވްމެންޓެއް ހަދައި ބަނދަރާއި ނެރު ފުން ކުރާނެ އެވެ.