ދުނިޔޭގެ އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑާއެކު ވޯލްޑް ޓްރެވަލް އެވޯޑްސް ގައި ރާއްޖެއަށް ރަން ވަނަތަކެއް ލިބިއްޖެ އެވެ.
މޮރޯކޯގެ ގަލާޒް ގަލްފް އެންޑް ބީޗް ރިސޯޓުގައި ރޭ އޮތް ވޯލްޑް ޓްރެވަލް އެވޯސްގެ ދިނުމުގެ ހަފްލާގައި ރާއްޖެއަށް ލިބުނު އެވޯޑްތަކާ ހަވާލުވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ރިސޯޓުތަކުގެ އިސްވެރިންނެވެ.
ރާއްޖެއަށް ލިބުނު އެވޯޑްތަކަކީ
- ހުޅުލޭ އައިލެންޑް ހޮޓަލަށް: ދުނިޔޭގެ އެއްވަނަ އެއާޕޯޓް ހޮޓަލުގެ އެވޯޑު
- އަނަންތަރާ ކިހަވަށް ރިސޯޓަށް: ދުނިޔޭގެ އެއްވަނަ ހިތް ގައިމު މޫދު އަޑީގެ ރެސްޓޯރެންޓު އެވޯޑު
- އަޔާދާ ރިސޯޓަށް: ދުނިޔޭގެ އެންމެ ފުރިހަމަ ވޯޓާ ވިލާ ރިސޯޓުގެ އެވޯޑް
- ބަރޮސް އައިލެންޑް ރިސޯޓަށް: ދުނިޔޭގެ އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑު
ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ގިނަ ބަޔަކު ބައިވެރިވެގެން ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އިންޑިޔާ ކަނޑުގެ ގައުމުތަކަށް ދޭ ހާއްސަ އެވޯޑުތައްވެސް ރާއްޖެއަށް ލިބިފައިވެ އެވެ. އިންޑިޔާ ކަނޑުގައި ހިމެނޭ ބޮޑެތި ގައުމުތަކާ ވާދަކޮށް މި ސަރަހައްދުގެ އެންމެ ފުރިހަމަ އެއާޕޯޓަކަށް ރާއްޖޭގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ވަނީ ލިބިފަ އެވެ. އަދި އޭޝިޔާގެ އެންމެ ހިތްފަސޭހަ ގޮނޑުދޮށްތައް އޮތް މަންޒިލަކަށް ވެސް ހޮވުނީ ރާއްޖެ އެވެ. މީގެ އިތުރުން އިންޑިޔާ ކަނޑުގެ އެންމެ ހިތްގައިމު ބީޗް ރިސޯޓަކަށް ހޮވުނީ ރާއްޖޭގެ ލަކްސް ރިސޯޓެވެ.
ރާއްޖެއަށް މިދިޔަ އަހަރު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑުގައި ވެސް ގިނަ ވަނަ ތަކެއް ލިބިފައިވެ އެވެ. ކޮންމެ އަހަރަކު ވެސް ރާއްޖެ އިން ފަހުރުވެރި ވަނަތަކެއް ހޯދަ އެވެ.