ރައްޔިތުންގެ މަޖިލިސް

ހުސައިން ވަހީދުގެ ހަނދާނުގައި ސުކޫތެއް

ކެންސަރުގެ އާލާސްކަންފުޅުގައި އަވަހާރަވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދުގެ ހަނދާނުގައި ހަމަ ހިމޭން ކަމުގެ ސުކޫތެއް މަޖިލީހުގައި މިއަދު ގެނެސްފި އެވެ.

ހުސައިން ވަހީދު އަވަހާރަވީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހުސައިންގެ އާއިލާއަށް ތައުޒިޔާ ދަންނަވައި އޭނާ ގައުމަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރައްވާފަ އެވެ. އަދި ހުސައިންގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި އޭނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން ދެއްވުމަށް އެދި ރައީސް ނަޝީދު ވަނީ ދުއާ ދަންނަވާފަ އެވެ.

ހުސައިން އަވަހާރަވީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭގެކުރިން ދުބާއީގައި ވެސް ހުސައިން ވަނީ ކެންސަރަށް ފަރުވާ ހޯއްދަވާފަ އެވެ.

މިދިޔަ އަހަރާއި މި އަހަރުގެ ބައެއްގައިވެސް ފަރުވާއަށް ވަރަށް ދިގު މުއްދަތެއްގައި ރާއްޖެއިން ބޭރުގައި ހުންނެވިއެވެ

މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން އުފެދުނު ފުރަތަމަ ރައްޔިތުންގެ މަޖިލީސް އުފެދުމުގައްޔާއި އަދި 2008 ވަނަ އަހަރު އުފެދުނު ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމަށް ފަހު އުފެދުނު ފުރަތަމަ ވެރިކަމުގައި ހުސައިން ވަހީދު މަސައްކަތް ކުރެއްވި އެވެ.

ހުސައިން މަޖިލީހުގެ މެންބަރުކަން ކުރެއްވީ 2009 އިން 2014 އަށް އަދި މެއ 28، 2019 އިން ޑިސެމްބަރު 13، 2021 އަށެވެ.