އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދިވެހި އަންހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ދެންމެ ބުނީ ނަރުސް މީހާގެ މަރާ ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އެނގިފައިވާ ގޮތުގައި މި އަންހެން މީހާއަކީ ނަރުސް މީހާގެ ފިރިމީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުސް މީހާ އެވެ.
މި މައްސަލާގައި އެ ފިރިހެން މީހާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.
މޭރީ އަމިއްލައަށް މަރުވި ކަމަށް އޭނާގެ ފިރިމީހާ ބުނާތީ އެ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. މައްސަލަ ބަލަން ފެށީ އެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރެގެންނެވެ.
އަދި މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވަނީ ހަދާފައެވެ. ފުލުހުން ބުނީ މޭރީ އަމިއްލައަށް ދަންޖެހިފައިވާ ކަމަަށް ނުބެލެވޭ ކަމަށެވެ. އަދި ބެލެވެނީ އެއްޗަކުން ޖެހުމުން މަރުވީ ކަމަަށެވެ. ނުވަތަ މީހެއްގެ ފަރާތުން ލިބުނު ބޮޑު އަނިޔާއަކުން ކަމަަށް ބެލެވޭ ކަމަށެވެ.
މޭރީ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ފަސް އަހަރުގެ ދަރިފުޅާ އެކުގައެވެ. ފިރިމީހާ އަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެކެވެ. މި ހާދިސާއަށްފަހު މޭރީގެ ފިރިމީހާގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ،