އެމްއޭސީއެލް

އެމްއޭސީއެލްގެ ބޯޑަށް ސިޔާދު އައްޔަންކޮށްފި

Dec 16, 2021
1

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ބޯޑު މެންބަރަކަށް ވިލާ ގުރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް އައްޔަންކޮށްފި އެވެ.

އެމްއޭސީއެލްގެ ބޯޑަށް ސިޔާދު އައްޔަންކޮށްފައިވާ ކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ޔަގީންކޮށްދީފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް ބޭފުޅުން އައްޔަންކުރަނީ ރައީސް އޮފީހުން އެ ނަމެއް ޕީސީބީ އަށް ފޮނުވުމުންނެވެ.

ސިޔާދުގެ އިތުރުން އެމްއޭސީއެލްގެ ބޯޑުގައި މިވަގުތު ތިއްބެވީ އެ ކުންފުނީގެ ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކާއި، އިބްރާހީމް ނޫރައްދީންއާއި، ޑރ. އިބްރާހީމް މަހްފޫޒާއި، އައިޝަތު އަރުޝާގެ އިތުރުން އަހްމަދު އިމާން މޫސާ އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިނގިރޭސިވިލާތުގެ ގޯޑަން އެންޑްރޫ ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު މަގާމުން ވަކިކޮށްފަ އެވެ. އެހެންވެ އެ ދުވަހުން ފެށިގެން އެ މަގާމު އަދި އޮތީ ހުސްކޮށެވެ.