ލައިފްސްޓައިލް

"ޒިންދަގީ ގުލްޒާރު ހޭ"ގެ ތަރިންގެ އާ ޝޯއެއް

މީގެ އަށް އަހަރު ކުރިން ދެއްކި ޕާކިސްތާނު ސިލްސިލާ "ޒިންދަގީ ގުލްޒާރު ހޭ" އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގެ މީހުންނެއް ބަލައި އަދި ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދާފައިވާ ޝޯ އެކެވެ. މި ސިލްސިލާގައި ލީޑް ރޯލު ކުޅެފައިވަނީ ޕާކިސްތާނު ދެ އެކްޓަރުން ކަމަށްވާ ފަވާދު ޚާނާއި ސަނަމް ސައީދެވެ.


ފަވާދު އާއި ސަނަމްގެ އާ ޝޯއެއް ދާދިފަހުން އިއުލާންކޮށް މި ޝޯއަށް ދެ ތަރިން ޝޫޓްކުރާ މަންޒަރުތައް ސޯޝަލް މީޑީއާގައި ވަނީ ވައިރަލް ވެފަ އެވެ. އަދި ވަކި ނަމެއް ހަމަޖެހިފައި ނެތް މި ޝޯ އަކީ އޯޓީޓީ ޕްލެޓްފޯމަކަށް ތައްޔާރު ކުރާ ޝޯ އެކެވެ.

މި ޝޯ އިއުލާން ކުރުމާއެކު "ޒިންދަގީ ގުލްޒާރު ހޭ"ގެ ފޭނުންނާއި ފަވާދާއި ސަނަމްގެ ފޭނުން އުފަލުން ގޮސް ސޯޝަލް މިޑިއާގައި އެމީހުންގެ ޝުއޫރުތައް ވަނީ ބަންޑުންކޮށްލާފަ އެވެ. ޚާއްސަކޮށް ފަވާދުގެ އެނބުރި އައުމަށް އިންތިޒާރުކުރާ އޭނާގެ އިންޑިއާ ފޭނުން އުފަލުން ތަފާތު މެސެޖުތައް ޝެއާ ކޮށްފައި ވެއެވެ.
ފަވާދު އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ ބޮލީވުޑް ފިލްމު "އޭ ދިލް ހެ މުޝްކިލް"އިން މީގެ ފަސް އަހަރު ކުރިންނެވެ.

އާސިމް އައްބާސި ޑައިރެކްޓްކުރާ މި ޝޯއަކީ ވެސް "ޒިންދަގީ ގުލްޒާރު ހޭ" ފަދަ މޮޅު ޝޯއަކަށް ވާނެކަމަށް ފޭނުން އުންމީދުކުރާ ކަމަށް އެމީހުންގެ ކޮމެންޓުތަކުގައި ބުނެފައި ވެއެވެ.