ބޮލީވުޑް

ގުރޫ ރަންދަވާ އާއި ނޯރާ ފަތޭހީ، ދެ ލޯބިވެރިންތަ؟

Dec 18, 2021

ލަވަކިޔުންތެރިޔާ ގުރޫ ރަންދަވާ އާއި ބަތަލާ އަދި ނެށުންތެރިޔާ ނޯރާ ފަތޭހީގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ. މި ވާހަކަތައް ދެކެވެން ފެށީ ދެ މީހުން އެކުގައި ގޯއާގެ ބީޗުގައި ވަރަށް ގާތްކޮށް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމުންނެވެ. އަދި ފަހުން ގުރޫ ވަނީ "މަގޭ މާމެއިޑް" އޭ ލިޔެ ނޯރާގެ ފޮޓޮއެއް ސޯޝަލް މީޑީއާގައި ޝެއާ ކޮށްފަ އެވެ.

ގުރޫ އާއި ނޯރާ މީގެ އެއް މަހެއް ކުރިން އެކުގައި ކުޅުނު ފުރަތަމަ މިއުޒިކް ވީޑިއޯ "ނާޗް މޭރީ ރާނީ" ޗާޓްބަސްޓާ އަކަށް ވަނީ ވެފަ އެވެ. އަދި އޭގެ ފަހުން މާމެއިޑް ފޮޓޯ ޝޫޓެއް ވެސް ދެ ފަންނާނުން ބައިވެރިވި އެވެ.

މި ދެ ފަންނާނުންގެ އާ މިއުޒިކް ވީޑިއޯއެއް ކަމަށްވާ "ޑާންސް މެރި ރާނީ" ވެސް ވަރަށް އަވަހަށް ރިލީޒްކުރަން އުޅޭކަން ނޯރާ ވަނީ އިންސްޓަގްރާމްގައި ޝެއާ ކުރި މެސެޖެއްގައި އިއުލާން ކޮށްފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި މި ލަވަ ރިލީޒްކުރަން ހަމަޖެހިފައިވަނީ 12/21 ގެ 12:21 ގައެވެ.

މި މިއުޒިކް ވީޑިއޯގެ ބައެއް މަންޒަރުތައް ދައްކާލާފައިވާއިރު ގުރޫ އާއި ނޯރާގެ ވަރަށް ފަރި ހަރަކާތްތަކެއް މި މަންޒަރުތަކުން ވަނީ ފެނިފަ އެވެ.

އަދި ދެ މީހުންގެ ކެމިސްޓްރީ ފެނިފައި ފޭނުންތައް އުފަލުން ގިނަ އަދަދެއްގެ ކޮމެންޓުތައް ކޮށްފައި ވެއެވެ. އެންމެން ވެސް ބުނަނީ މިފަހަރު ވެސް މި ދެ މީހުން "ސްކްރީނުގައި ރޯކޮށްލާނެ" ކަމަށެވެ. އެހާވެސް ލަވަ "ހޮޓް" ކަމަށެވެ.

"ޑާންސް މޭރީ ރާނީ"ގެ ލަވަ ކިޔައިދީފައިވަނީ ގުރޫ އާއި ޒަހްރާ އެސް ޚާނެވެ. ކޮމްޕޯސްކޮށްފައިވަނީ ތާނިޝްކް ބާގްޗީ އެވެ.