ރާއްޖެ ކުޅިވަރު

ސުކުޒީ ކަޕުގެ ކުރިން ބަނގްލަދޭޝް އާއި ނޭޕާލް ބައްދަލުކުރަނީ

އިންޑިޔާގައި އަންނަ ހަފުތާގައި ފަށާ ސާފް ސުޒުކީ ކަޕުގެ ކުރިން ބަނގްލަދޭޝް އާއި ނޭޕާލް އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހު ކުޅޭ މި މެޗަށް ނޭޕާލް ޓީމު މާދަމާ ބަނގަލްދޭޝް އަށް ދާނެ އެވެ.

ބަނގްލަދޭޝް ފުޓްބޯޅަ ފެޑަރޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަބޫ ނައީމް ޝުހާގް ވިދާޅުވީ މި މެޗަށް ފަހު ނޭޕާލް ޓީމު ހުކުރު ދުވަހު އިންޑިޔާއަށް ދާނެ ކަމަށެވެ.

ސާކުގެ އަށް ގައުމުގެ މެދުގައި ބާއްވާ މުބާރާތުގައި މި ދެ ގައުމު ލައްވާލީ ދެ ގްރޫޕެއްގަ އެވެ. ބަނގްލަދޭޝް ލައްވާލީ އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާނާއި ރާއްޖެ އާއި ބޫޓާނާއެކު ގްރޫޕް ބީގަ އެވެ. ނޭޕާލް ހިމެނެނީ ޕާކިސްތާނާއި އިންޑިޔާ އަދި ސްރީލަންކާއާއެކު ގްރޫޕް އޭގަ އެވެ. މީގެ ތެރެއިން ޕާކިސްތާން ވަނީ މުބާރާތް ނުކުޅެން ނިންމައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕް އިންޑިޔާގައި ފަށާނީ ޑިސެމްބަރު 23ގަ އެވެ. ނިންމާނީ ޖެނުއަރީ ތިނެއްގަ އެވެ.