ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޗައިނާގައި ކިޔަވަން ސްކޮލާޝިޕްތަކެއް

Dec 19, 2021
ޗައިނާގެ ގުއަންޒޫ ޔުނިވަސިޓީ: ޗައިނާގައި ކިޔެވުމަށް ސަރުކާރުން ވަނީ ސްކޮލާޝިޕްތަކެއް ހުޅުވާލާފައި
0%
0%
0%

ޗައިނާ ސަރުކާރުން ހަމަޖައްސައިދޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ސްކޮލާޝިޕްގެ ދަށުން ހުޅުވާލާފައި ވަނީ ބެޗްލާސް ޑިގްރީގެ ދެ ފުރުސަތާއި، މާސްޓާސް ލެވަލްގެ ދެ ފުރުސަތުގެ އިތުރުން ޕީއެޗްޑީއަށް ކިޔެވުމުގެ ދެ ފުރުސަތެވެ.

އޯލެވަލް އަދި އޭލަވަލް ހަދާފައިވާ އުމުރުން 25 އަހަރު ނުވާ ފަރާތްތަކަށް ޑިގްރީ ޕްރޮގްރާމަށް ކުރިމަތިލެވެ އެވެ. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލް ކޮށްފައިވާ އަދި އުމުރުން 35 އަހަރު ނުވާ މީހުނަށް މާސްޓާޒް ޑިގްރީއަށް ކުރިމަތިލެވެ އެވެ. ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ އަދި އުމުރުން 40 އަހަރު ފުރިފައި ނުވާ މީހުނަށް ޕީއެޗްޑީއަށް ކުރިމަތިލެވެ އެވެ.

ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ލިބިފައިވާ ސްކޮލާޝިޕަށް ހޮވޭ ކުދިންގެ ކިޔެވުން ކުރިއަށް ދާނީ ޗައިނާ ގައެވެ. ސްކޮލާޝިޕް ހުޅުވާލާފައި ވަނީ މެޑިސިން، އިކޮނޮމިކްސް، ގާނޫނީ ދާއިރާގެ އިތުރުން ފައިން އާޓްސްގެ ދާއިރާ އިން ކިޔެވުމަށެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކުން ކިޔަވާނެ ޔުނިވަސިޓީއެއް އެނގޭނީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލުން ޕްލޭސްމަންޓް ހަމަޖެހުމުން ކަމަށެވެ. ސްކޮލާޝިޕަށް ހޮވޭ ދަރިވަރުން ކަނޑައަޅައި ހަޔާ އެޑިޔުކޭޝަނުން ޗައިނާ ސަރުކާރަށް އެކަން އެންގުމުން ސްކޮލާޝިޕަށް ހޮވޭ ކުދިންގެ ފައިނަލް ސިލެކްޝަން ހަދާނީ ޗައިނާގެ ޔުނިވަސިޓީންނެވެ.

އެ އިއުލާންގައިވާ ގޮތުން ސްކޮލާޝިޕްގައި ކިޔަވާނެ ބަހެއް ކަނޑައެޅޭނީ ޕްލޭސްމަންޓް ހަމަޖެހޭ ޔުނިވަސިޓީއެއް ކަނޑައެޅުމުންނެވެ. ޗައިނާ ބަހުން މުޅި ކޯސް ފުރިހަމަ ކުރަންޖެހޭނަމަ އެކެއް ނުވަތަ ދެ އަހަރު ދުވަހުގެ ޗައިނީސް ލެންގްއޭޖް ކޯހެއް ފުރިހަމަ ކުރަން ޖެހެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ޗައިނާގެ ބޯޑަރުތައް މިވަގުތު ބަންދުކޮށްފައިވާތީ ޗައިނާގެ ބޯޑަރުތައް ހުޅުވާލަން ދެން ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކުން ކިޔަވާނީ އޮންލައިން ކޮށެވެ.

މި ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، މެޑިކަލް އިންޝުރެންސް އަދި ސްޓައިޕެންޑް، ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދޭނެ އެވެ. އެހެން ހަރަދުތައް ހަމަޖައްސަން ޖެހޭނީ ސްކޮލާޝިޕް ލިބޭ ފަރާތުން އަމިއްލަ އަށެވެ.

ސްކޮލާޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން ކަމާ ގުޅޭ ފޯމާއި ލިޔުންތައް ހުށަހަޅަންޖެހެނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ފޯޓަލް މެދުވެރިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910