ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޗައިނާގައި ތިބި ދަރިވަރުން ރެޖިސްޓާވާން އެދެފި

ކޮރޯނާ ވައިރަސްއާ ގުޅިގެން ޓޯކިޔޯ އެއާޕޯޓުގައި ހަރުކޮށްފައިވާ ނޯޓިހެއް. -- ފޮޓޯ:
0%
0%
100%

ކޮރޯނާ ވައިރަހާ ގުޅިގެން ޗައިނާގައި މިހާރު ކިޔަވަަމުންދާ ދަރިވަރުންނާއި އާއިލާތައް ޗައިނާ އެމްބަސީގައި ރެޖިސްޓާ ވުމަށް ހަޔާ އެޑިއުކޭޝަނުން އެދެފި އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮރޯނާ ވައިރަސް ޗައިނާގައި ފެތުރެން ފެށުމާއެކު ލޯނާއި ސްކޯލާޝިޕް ސްކީމްގެ ދަށުން ކިޔަވަމުން އަންނަ ދަރިވަރުންގެ މައުލޫމާތު ފޮރިން މިނިސްޓްރީ އާ ހިއްސާކޮށް ދަރިވަރުންގެ ހާލު ދެނެގަނެފައި ކަމަށެވެ. ވައިރަސް އެންމެ ފުރަތަމަ ފެތުރުނު ވުހާން ސިޓީގައި ރާއްޖޭގެ ހަ ދަރިވަރުން ތިބި ކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެހެން ސިޓީތަކުގައި 44 ދަރިވަރުންނާއެކު ޖުމްލަ 50 ދަރިވަރަކު ޗައިނާގައި އެބަ ތިއްބެވެ.

"ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައި ކިޔަވަމުންދާ ދަރިވަރުންނަށް ގުޅާ އަދި ދަރިވަރުން ކިޔަވަމުންދާ މަަރުކަޒުތަކާއި ގުޅާ ދަރިވަރުންގެ ހާލު ވަނީ ދެނެގަނެވިފަ. ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު ވޫހާން ސިޓީގައި ތިބި ދަރިވަރުންގެ ހާލު ރަނގަޅު" ބަޔާނުގައި ވެ އެވެ.

އަދި، ވުހާން ސިޓީގައި ތިބި ބޭރު ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާގެ ފޮރިން މިނިސްޓްރީން ދީފައިވާކަމަށްވެސް ބަޔާނުގައި ވެ އެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 40 މީހުން ވަނީ މަރުވެފަ އެވެ. އެކި ގައުމުތަކުން 1،700 އަށް ވުރެ ގިނަ މީހުންގެ ގައިން އެ ވައިރަސް މިހާރު ވަނީ ފެނިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910