މިނިސްޓްރީ އޮފް އެޑިއުކޭޝަން

ހަ ސުކޫލަކަށް ޕްރިންސިޕަލުން ހޯދަނީ

Dec 19, 2021
1

ހަ ސުކޫލަކަށް ޕްރިސިޕަލުން ހޯދަން އިއުލާން ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޕްރިންސިޕަލުން ހޯދަނީ ށ. ގޮއިދޫ ސްކޫލާއި ހދ. ހިރިމަރަދޫ ސްކޫލާއި ގއ. ކޮނޑޭ ސްކޫލާއި ވާދޫ ޖަމާލުއްދީން ސްކޫލާއި މ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ނ. މަގޫދޫ ސްކޫލަށް ކަމަށެވެ.

ޕްރިންސިޕަލަށް މުސާރައިގެ ގޮތުގައި ދެނީ 15560 ރުފިޔާ އެވެ. އެލަވަންސަށް 2500 ރުފިޔާގެ އިނާޔަތެއް ދެ އެވެ.

އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް އޮންނަ އިތުރުގަޑީގެ ފައިސާ އާއި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބޭ ޕެންޝަން ކޮންޓްރިބިއުޝަނާއި ޓެނުއާޝިޕް އާއި ފޯން އެލަވަންސް އާއި ސިވިލް ސާވިސްގެ މުވައްޒަފުންނަށް އޮންނަ ބޭސްފަރުވާގެ ހިދުމަތްވެސް ލިބޭނެ އެވެ.