އެމްޓީސީސީ

މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކައިފި

Dec 19, 2021
1

ކ. މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ އެވެ.

އެމްޓީސީސީ އިން މިއަދު ބުނީ މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަަށެވެ.

މި ޕްރޮޓެކްޓްގައި ދެ ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ
10.8 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.