މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގައްދޫ ބަނދަރު މަރާމާތުކުރުން އެމްޓީސީސީ އަށް

Dec 21, 2021

ގދ. ގައްދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް

  • ބަނދަރު ފުންކުރުން - 13،498 ކިއުބިކް މީޓަރު
  • ބަނދަރަށް އިތުރުކުރެވޭ ބައި ފުންކުރުން - 9،519 ކިއުބިކް މީޓަރު
  • 232 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން
  • 1،600 އަކަމީޓަރު ޕޭވްމަންޓް ހެދުން
  • 320 މީޓަރު އެއްގަމު ތޮށި ޖެހުން
  • ދެ ނެވިގޭޝަން ލައިޓް ހަރުކުުރުން
  • 35 މީޓަރު ރިވެޓްމަންޓް ޖެހުން
  • 25 މޫރިން ބޮއި ހަރުކުރުން
  • 16 މަގު ބައްތި ހަރުކުރުން
  • އެއް ކޮންކްރީޓް ބްރިޖު

އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ 38.4 މިލިއަން ރުފިޔާ އަށް އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ގައްދޫ އަކީ ގދ. އަތޮޅުގައި ތިނަދޫ ނެގުމަށްފަހު އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެވެ.

އެމްޓީސީސީން ބުނީ ސަރުކާރުން ދީފައިވާ ތާރީހަށް ގައްދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއުގައި ހިމެނޭ މަސައްކަތްތައް ނިންމާލާނެ ކަމަށެވެ.