ވިޔަފާރި

އަގުބޮޑެތި އިނާމުތަކާއެކު ކްލެވެންޓީގެ ގިވްއަވޭއެއް

ރާއްޖޭގެ ފުރަތަމަ އަތުކުރީ ގަޑި އަދި ޕާފިއުމް ބްރޭންޑް، ކްލެވެންޓީން އަހަރުގެ ނިމުން ފާހަގަކުރުމުގެ ގޮތުން އަގޮބޮޑެތި ހަދިޔާތަކެއް ހިމެނޭ ގިވްއަވޭއެއް އިއުލާންކޮށްފި އެެވެ.

މި ގިވްއަވޭ ކްލެވެންޓީން ކުރިއަށް ގެންދަނީ ލޮޓަސްބައިކް ޝޮޕް އަދި ބެނެލީއެމްވީއާ ގުޅިގެންނެވެ. ގިވްއަވޭގައި ބައިވެރިވާން ބޭނުންނަމަ މި ތިން ތަނުގެ އިންސްޓަގަރްމާގެ ޕޭޖް ފޮލޯކޮށް ގިވްއަވޭއާ ގުޅޭ ޕޯސްޓް ޝެއާ ކޮށް ޓެގްކުރަން ޖެހޭނެ އެވެ.

މީގެ އިތުރުން ކްލެވެންޓީގެ ޕޯސްޓުގައި އިތުރު ތިން މީހަކު ޓެގްކުރަން ޖެހޭނެ އެވެ. އަދި ގިވްއަވޭގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުނަގައި އިނާމް ދޭނެ އެވެ.

ގިވްއަވޭގެ އިނާމުތައް

  • އެއްވަނަ އިނާމް: ބެނެލީ ޕަނަރިއާ ސްކޫޓާ އަދި ކްލެވެންޓީ ކަލެކްޝަންގެ އެއް ޓައިމް ޕީސް.
  • ދެވަނަ އިނާމް: ސުޒުކީ ޖީއެން 125އެޗްގެ ސައިކަލެއް އަދި ކްލެވެންޓީ ކަލެކްޝަންގެ އެއް ޓައިމް ޕީސް.
  • ތިންވަނަ އިނާމް: އެޕަލް މެކްބުކް އެއާ އަދި ކޭވީ ޕެޑްލޮކް ހާރެއް.

މި ގިވްއަވޭގައި ބައިވެރިވެވޭނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12 ޖަހަންދެންނެވެ. އަދި ހަމަ މި ދުވަހު ނަސީބުވެރިން ހޮވާނެ އެވެ.

ގިވްއަވޭގެ ނަސީބުވެރިން ހޮވާތާ 24 ގަޑިއިރު ތެރޭގައި އެ ފަރާތްތަކުން ކްލެވެންޓީއާ ކޮންޓެކްޓް ކުރަން ޖެހޭނެ އެވެ. އަދި އިނާމު ބަލާ ހާޒިރުވާންވެސް ޖެހޭނެ އެވެ.