ދުނިޔެ

މުދާރޭލު ދަތުރުތައް ތުރުކީ އާއީ އީރާން އަދި ޕާކިސްތާނަށް

ޕާކިސްތާންގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ޤުރައިޝީ މުދާރޭލުގެ ދަތުރުތައް ފައްޓަަވައި ދެއްވަނީ
0%
0%
0%

މެދުކެނޑިފައި އޮންނަތާ 10 އަހަރު ދުވަހަށް ފަހު މުދާ ރޭލުގެ ދަތުރުތައް ތުރުކީ އާއި އީރާން އަދި ޕާކިސްތާނަށް ފަށައިފި އެވެ.

ތުރުކީ އާއި އީރާން އަދި ޕާކިސްތާނަށް މުދާ ރޭލު ދަތުރުކުރަން ފުރަތަމަ ފެށީ 2009 ގައެވެ. އެހެން ނަމަވެސް ޕާކިސްތާންގައި ދަތުރު މާބޮޑަށް ލަސްވާ މައްސަލާގައި 2011 ގައި މުދާ ރޭލުގެ ދަތުރުތައް ހުއްޓާލި ގޮތަށް އޮތީ އެވެ.

ރޭލު މެދުވެރިކޮށް މި ތިން ގައުމަށް މުދާ އުފުލަން 14 ދުވަސް ނަގަ އެވެ. މިއީ ކަނޑުމަގުން މުދާ އުފުލުމަށް ވުރެ އަވަސް އަދި އަގު އެެތައް ގުނައެއް ހެޔޮ ނިޒާމެކެވެ.

ދަތުރުތައް އެހާ ގިނަ ދުވަހު މެދުކެނޑިގައި އޮތުމަށް ފަހު އަޅުން ފެށީ މެމްބަރު ގައުމުތަކުގެ ވަޒީރުންގެ މެދުގައި ސައްލާ ކުރުމަށް ފަހު އެވެ.

އިކޮނޮމިކް ކޯޕަރޭޝަން އޮގަނައިޒޭޝަން (އިކޯ) ގެ ނަމުގައި އޮންނަ 10 މެމްބަރު ގައުމުން ދަތުރުތައް އަލުން ފަށަން އެއްބަސްވީ 2020 ގައެވެ.

ޕާކިސްތާންގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ޤުރައިޝީ މުދާރޭލުގެ ދަތުރުތައް ފައްޓަަވައި ދެއްވުމަށް ފަހު

މުދާ ރޭލުގެ ދަތުރުތައް އަލުން ފެށުމަށްޓަކައި ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ރަސްމިއްޔާތުގައި، އެ ގައުމުގެ ފޮރިން މިނިސްޓާރު ޝާހް މަހްމޫދު ގުރައިޝީ ބައިވެރިވެ ވަޑައިގެންނެވި އެވެ.

ވަޒީރު ވިދާޅުވީ މުދާ ރޭލުގެ ދަތުރުތަކަކީ އެއްގޮތަކަށް ވެސް ހުއްޓާލަން ޖެހޭ ދަތުރުތަކެއް ނޫން ކަމަށާއި ސަރުކާރާއި އާންމު ފަރުދުންނަށް ދަތުރުތަކުގެ ސަބަބުން ފައިދާވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގައުމުތަކުގެ މެދުގައި ދަތުރުވެރިން އުފުލުމަށްޓަކައި އާ ރޭލުތަކެއް މަސައްކަތައް ނެރޭނެ ކަމަށާއި ވަރަށް އަވަހަށް އަމަލީ ސިފަ ޖައްސަވާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345