އުރީދޫ

އުރީދޫގެ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ އޮފާއެއް

މިއަހަރުގެ ނިމުން ފާހަގަކުރުމުގެ ގޮތުން އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ހާއްސަ އޮފާއެއް ހުޅުވާލައިފި އެވެ.

ކްލަބް ޕްރިމިއާއަކީ އުރީދޫގެ އެންމެ އަގު ހުރި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް އެ ބޭފުޅުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހިންގާ ވަރަށް އަގުހުރި ރިވާޑް ސްކީމެކެވެ.

އުރީދޫއިން އަހަރު ނިމުން ފާހަގަކުރުމަށް ހުޅުވާލި އޮފާގެ ދަށުން ކްލަބް ޕްރިމިއާގެ މެމްބަރުން އެމް-ފައިސާ މެދުވެރިކޮށް ހަދާ ޓްރާންސެކްޝަންތަކުން ފަސް ޕަސެންޓް ކޭޝް އެ މެމްބަރުންގެ އެމް ފައިސާ ވޮލެޓަށް ޖަމާވާނެ އެވެ.

އެގޮތުން އުރީދޫގެ ބިލްތަކަށް ފައިސާ ދެއްކުން އަދި ކޮފީ ނުވަތަ ކެއުމަށް ފައިސާ ދައްކާއިރު އެމް- ފައިސާ ބޭނުންކުރާ ނަމަ އެ ޓްރާންސެކްޝަންގެ ފަސް ޕަސެންޓް ކޭޝް އެ މެމްބަރުންގެ އެމް ފައިސާ ވޮލެޓަށް ޖަމާވާނެ އެވެ. މި އޮފާ ކުރިއަށް ގެންދާަނީ އަންނަ މޭމަހުގެ ނިޔަލަށެވެ.

އުރީދޫގެ ކްލަބް ޕްރިމިއާ މެމްބަރުން މިހާރުވެސް އުރީދޫގެ ގިނަ ޕާޓްނާ ތަންތަނުން ވިޔަފާރިކުރާނަމަ 20 ޕަސެންޓްއާ ހަމައަށް ޑިސްކައުންޓް ލިބެއެވެ. މީގެ ތެރޭގައި ކޭއެސްސީ، މެންގޯ، ސޮނީ ލައިފް ސްޓައިލް، ކައިލާން، ކޮފީ ލެބް މޯލްޑިވްސް ހިމެނެ އެވެ.

މީގެ އިތުރުން އުރިދޫ ކްލަބް ޕްރިމިއާގެ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް ދުނިޔޭގެ ގިނަ ތަންތަނުގެ އެއާޕޯޓް ލައުންޖްތަކުން ހިދުމަތް ލިބެ އެވެ.

ކްލަބް ޕްރިމިއާއާ ގުޅޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓްއިން ލިބޭނެ އެވެ.