ރާއްޖެ ކުޅިވަރު

މަހިބަދޫގެ ސަމޫހު މާޒިޔާ އަށް

Dec 14, 2015

ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ މަހިބަދޫގެ އުއްމީދީ ޑިފެންޑަރު ސަމޫހު އަލީ މާޒިޔާ އަށް ކުޅެން ސޮއިކޮށްފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ގަތަރާއި ބޫޓާނާ ދެކޮޅަށް ކުޅުނު ޑިފެންޑަރު މާޒިޔާ އަށް ބަދަލުވިއިރު އޭނާއާއެކު އެ ޓީމަށް ކުޅޭ އޭނާގެ އެއްބަނޑުއެއްބަފާ ގާސިމް ސައްމާމް ވެސް ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ.

މި ދެ ކުޅުންތެރިން މާޒިޔާ އަށް ބަދަލުވީ މަހިބަދޫ އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ފުލަށް ގޮސް ރެލިގޭޓްވުމުންނެވެ.

މި ދެ ކުޅުންތެރިންނާއެކު މާޒިޔާގައި މަހިބަދޫގެ ފަސް ކުޅުންތެރިން އެބަތިއްބެވެ. އެއީ ގޯލްކީޕަރު އިމްރާން މުހައްމަދާއި ކެޕްޓަން އަސަދުﷲ އަބުދުﷲ އާއި ނިމިދިޔަ ސީޒަނުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ.

އަންނަ ސީޒަނަށް މާޒިޔާ ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގައި އެ ޓީމަށް ވަނީ ނިއުގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އާއި އީގަލްސްގެ ކެޕްޓަން އިސްމާއީލް އީސާ (މެސީ) ގެންގޮސްފަ އެވެ. ކުރިން ވެސް މާޒިޔާ އަށް ކުޅުނު މި ދެ ކުޅުންތެރިން އެ ޓީމަށް ސޮއިކުރި އިރު ޓީމުގެ މުހިންމު ހުރިހާ ކުޅުންތެރިން ވެސް ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.