މަސްވެރިން

ހޮރައިޒަން އަށް މަސް ގަތުން ކޮންޓްރޯލް ކޮށްފި

Dec 23, 2021
1

ރާއްޖޭގައި މަސް ގަންނަ އަމިއްލަ ކުންފުނި -- ހޮރައިޒަން ފިޝަރީޒުން މަސް ގަތުން ކޮންޓްރޯލް ކޮށްފި އެވެ.

ހޮރައިޒަން އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވެ މާންދޫގައި މަސް ފިނިކުރާ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ގަންނަން ލިބެމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ބައެއް ދޯނިތަކުން ގެންދާ މަސް ނުކިރުވާ ފޮނުވާލަން ޖެހިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ހޮރައިޒަން އިން ބުނީ މަސް ނުކިރުވާ ފޮނުވާލަން ޖެހޭ މައްސަލަ ހައްލުކުރުމަށްޓަކައި އަދި ހުރިހާ ދޯންޏަކަށް މަސްކިރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދޯންޏަކުން ދުވާލަކު ފަސް ޓަނުގެ މަސް ގަތުމަށް ނިންމާފައިވާ ކަމަށެވެ.

އެކުންފުނިން ޕްލޭން ކޮށްފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ ކައިރި މުސްތަގުބަލެއްގައި ކުރިއެކޭވެސް އެއްގޮތަށް ކޮންޓްރޯލެއް ނެތި މަސް ގަންނަން ފެށޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސަރުކާރުގެ މަސް ކުންފުނި -- މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެ ކުންފުނިން ގެންދަނީ ކޫއްޑޫ އާއި ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއަހަރުގެ ތެރޭގައި މިފްކޯ އަށް ވަނީ 378 ޓަނުގެ މަސް އުފުލޭ ބޯޓަކާއި މިފްކޯ އަށް ގަންނަ މަސް ރާއްޖެއިން ބޭރަށް ގެންދިއުމަށް އަމާޒުކޮށްގެން 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް ވެސް ރާއްޖެ ގެނެސްފަ އެވެ.