ގައުމީ ޔުނިވާސިޓީ

މެރިޓައިމް ސަވައިވަލް ސެންޓަރު ހެދުން އެމްޓީސީސީއަށް

Dec 23, 2021

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މެރިޓައިމް ސާވައިވަލް ސެންޓަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

އިއްޔެ އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތުގައި، އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ.

އެ މަސައްކަތުގެ ދަށުން، ޝީޓް ފައިލްކޮށްފައިވާ 1,200 ކިއުބިކް މީޓަރުގެ ލޭންޑް ފިލްކުރުމާއި، 35 މީޓަރުގެ އެއްގަމު ތޮށި
ޝީޓްޕައިލްކުރުމާއި، 27.25 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރިޓް ގައު ޖައްސާނެ އެވެ.

އަދި 4.2 މީޓަރު ދިގުމިނުގެ 6.4 މީޓަރު ފުޅާމިނުގެ ރޭންޖެއް ހެދުމާއި، ވައު އައްސާ މޫރިން ބޮލާޑް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން އެންވައިރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އެ ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 4.59 މިލިޔަން ރުފިޔާއެވެ. އަދި މި މަޝްރޫއުގެ ނިންމުމަށް ހަމަޖެހިފައިވަނީ 210 ދުވަހުގެ ތެރޭގައެވެ.