ޝައިހް ހަސީނާ

ޝައިހް ހަސީނާއަށް ރަސްމީ މަރުހަބާ ދަންނަވައިފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް ރަސްމީ މަރުހަބާ ދަންނަވައިފި އެވެ.

ޝައިހް ހަސީނާއަށް ރަސްމީ މަރުހަވާ ދެންނެވުމް އޮތީ ޖުމުހޫރީ މައިދާން ސަރަހައްދުގަ އެވެ. އެންމެ ފުތަރަމަ މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސްގެ މަރުހަބާއަށް ފަހު ސްކޫލް ކުދިންގެ ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަދި 21 ބަޑީގެ އިއްޒަތް ވެސް ވަނީ އަރުވާފަ އެވެ

ޝައިހް ހަސީނާގެ އިސްތިގުބާލަށް ރާއްޖޭގެ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން އެ ސަރަހައްދަށް ވަޑައިގެން ތިއްބެވި އެވެ.

ރަސްމީ މަރުހަބާ ދެންވެމުނަށް ފަހު ޝައިހް ހަސީނާ ވަނީ ހަތް ކޮޅުގައި ރައީސް އޮފީހަށް ވަޑައިގެންފަ އެވެ.

މިހާރު ކުރިއަށްދަނީ ރައީސް ސޯލިހާއި ޝައިހް ހަސީނާގެ ރަސްމީ ބައްދަލުވުމެވެ. ބައްދަލުވުމަށް ފަހު ދެ ގައުމުގެ ވެރިންގެ ޖޮއިން ޕްރެސްރިލީޒެއް އޮންނާނެ އެވެ. އަދި 11:35 ގައި ދެ ގައުމުގެ ދެމެދުގައި ހަތަރު އެމްއޯޔޫއީއެއްގައި ސޮއިކުރާނެ އެވެ. އެއީ ދެ ގައުމުގެ ތަރައްގީއަށް ވިސްނުމަށްފަހު އެކި ދާއިރާތަކުން އެއްބާރުލުން ހޯދުމަށް ސޮއި ކުރާ އެއްބަސްވުންތަކެކެވެ.

ހަސީނާގެ މިދަތުރުފުޅުގެ ރަސްމީ މަސައްކަތްތައް މިއަދު ނިންމަވާލެއްވުމަށްފަހު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެކަމަނާ ރާއްޖޭގައި ޗުއްޓީ އަކަށް މަޑުކުރައްވާނެ އެވެ.

ހަސީނާ ޗުއްޓީ ހޭދަކުރެއްވުމަށް ހަމަޖެހިފައިވަނީ މާލެ ކައިރީގައިވާ އެނބޫދޫފިނޮޅު ހިއްކައިގެން އެ ތަނުގައި ހަދާފައިވާ ރިސޯޓެއްގަ އެވެ. އެ ރިސޯޓުގެ 17 ރޫމެއް ބުކް ކުރައްވާފައިވާ ކަމަށް އެނގިފައިވެ އެވެ.