ބަންގްލަދޭޝް

ބަންގްލަދޭޝްއިން އޮންއެރައިވަލް ވިސާ ރާއްޖެއަށް ދެނީ

ޝައިކް ހަސީނާ ރައީސް ސޯލިހުއާއެކު: ބަންގްލަދޭޝްއިން އޮންއެރައިވަލް ވިސާ ރާއްޖެއަށް ދެން ވަނީ ނިންމައިފައި-- ފޮޓޯ/ ރައީސް އޮފީސް
0%
0%
0%

ބަންގަލްދޭޝްއިން ރާއްޖެއަށް އޮން އެރައިވަލް ވިސާ އަނެއްކާވެސް ދޭން ނިންމިކަން އިއުލާންކޮށްފި އެވެ.

މި ނިންމުން އިއުލާންކުރީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް ސޯލިހާ މިއަދު އެކަމަނާ ބައްދަލުކުރެއްވުމަށްފަހު ދެއްވެވި ގުޅިފައިވާ ބަޔާނުގަ އެވެ.

ހަސީނާ ވިދާޅުވީ ކުރިއެކޭ އެއްގޮތަށް އަލުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން މިހާރު ނިންމާފައިވާ ކަަމަށެވެ. ބަންގްލަދޭޝް އިން ދިވެހީންނަށް ދެމުން އައި އޮން އެރައިވަލް ވިސާ މެދުކަނޑާލީ ކޮވިޑާ ގުޅިގެންނެވެ.

އޮން އެރައިވަލް ވިސާ ދޭން ނިންމިކަން ޝައިހް ހަސީނާ އިއުލާންކުރެއްވުމުގެ ކުރިން، އެގޮތަށް އެ ވިސާގެ އިންތިޒާމު ހަމަޖައްސައިދީ އަދި ރާއްޖޭގެ ދަރިވަރުންނަށް ބަންގްލަދޭޝްގައި ދިގު މުއްދަތުގެ ވިސާ ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އޮތީ އެދިފަ އެވެ.

ޝައިހް ހަސީނާ ވިދާޅުވީ ޔޫއެސް-ބަންގްލާ އެއާލައިނުން ރައްޖެއަށް ފެށި ދަތުރުތަކާއެކު ދެގައުމުގެ ވައިގެ ދަތުރުތައް މިހާރު ވަރުގަދަވެފައިވާ ކަމަށާއި އަދި ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމާން އެއާލައިންއިން ރާއްޖެއާއި ޑާކާއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް ވިސްނަމުންދާ ކަަމަށެވެ. އެ ދަތުރުތަކާ އެކު ގިނަ ބަޔަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބި ޓޫރިޒަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ދަތުރުތަކެއް ކުރުމަށް ޝިޕިން ލައިންއެއް ގާއިމުކުރުމާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މިއަދު މަޝްވަރާކުރެއްވި އެވެ.

ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އެދުނު އެދުމާ އެއްގޮތަށް އެހީތެރިވާން ނިންމީ ނުހަނު އުފަލާއެކު ކަމަށާއި އަދި ރާއްޖޭގެ ސިއްހީ ދާއިރާއަށް ސްޕެޝަލިސްޓުން ތަމްރީންކުރުމަށް ހާއްސަ ޕޯސްޓް ގެރެޖުއޭޓް ކޯސްތަކެއް ފަރުމާކުރައްވާނެ ކަމުގެ ޔަގީންކަން ޝައިހް ހަސީނާ މިއަދު ދެއްވެވި އެވެ.

ރާއްޖެއާއި ބަންގަލްދޭޝްއާ ދެެމެދު ވިޔަފާރީގެ ގުޅުންތައް ގާއިމްކުރެވިފައިވީ ނަމަވެސް އެންމެ ފުރިހަަމަށް އޭގެ ފައިދާ ނުނެގޭކަން ޝައިހް ހަސީނާ ފާހަގަކުރެއްވި އެވެ.

އެކަމަނާ ވިދާޅުވީ ބަންގަލްދޭޝްގެ އުފެއްދުންތެރިކަމަށް އައިސްފައިވާ ކުރިއެރުންތަކާ އެކު ގިނަ އަދަދެއްގެ ކޮލިޓީ މުދާ ވާދަވެރި އަގުތަކެއްގައި ރާއްޖެއަށް މިހާރު ފޯރުކޮށްދެވިދާނެ ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345