އެޗްޑީސީ

އެޗްޑީސީ މުވައްޒަފުންގެ އެހީގައި ބަންގަލްދޭޝްގައި ފެންވަޅު ހަދަނީ

އެޗްޑީސީގެ މުވައްޒަފުންތަކެއް އިސްނަގައިގެން އެހީދީ، ބަންގްލަދޭޝްގައި ދަތިހާލުގައި އުޅޭ ބަޔަކަށް ފެންވަޅެއް ހަދައިދީފި އެވެ.

އެޗްޑީސީގެ މުވައްޒަފުންތަކެއް މި ފެންވަޅު ހަދަން އެހީތެރިވެދިނީ އެކި ގައުމުތަކުގެ މުސްލިމުންނަށް އެހީތެރިވެދިނުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) މެދުވެރިކޮށެެވެ.

އައިއޭސީގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ އެޗްޑީސީގެ މުވައްޒަފުންތަކެއް 36،290 ރުފިޔާގެ އެހީއެއް ދިން ކަމަށެވެ. އަދި އެ ފައިސާއިން ބަންގްލަދޭޝްގައި ނިލްފަމަަރީ ޑިސްޓްރިކްޓްގައި ކުޑަ ފެންވަޅެއް ހަދައި ނިންމާފައި އެ ފެންވަޅު މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީގެ މުވައްޒަފުންގެ އެހީގައި އައިއޭސީން ނިލްފަމަަރީ ޑިސްޓްރިކްޓްގައި ބޮޑު ފެންވަޅެއްވެސް މިސްކިތެއްގެ ކައިރީގައި ހަދަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ބަންގްލަދޭޝްގައި ފެން ލިބުމުގައި ދަތި ސަރަަހައްދުތައް ފާހަގަކޮށް އައިއޭސީން ފެންވަޅުތައް ހަދައިދިނުމުގައި އެހީތެރިވާން ފެށީ މިދިޔަ އަހަރު ޖެނުއަރީ މަހު އެވެ. އެގޮތުން މިހާތަނަށް 280 ފެންވަޅު ބަންގްލަދޭޝްގެ އެކި ސަރަހައްދުުގައި ވަނީ ހަދައިދީފަ އެެވެ.

އައިއޭސީން މީގެ ކުރިން ވަނީ ހަނގުރާމައިގެ ސަބަބުން ސީރިއާ އަދި ޔަމަނުގެ ރައްޔިތުންނަށް އެހީވުމަށް ވެސް އެކިއެކި އެހީގެ ކެމްޕޭންތައް ހިންގާފަ އެވެ.