ހަބަރު

މުޒާހަރާއާ ގުޅިގެން އެމްޑީޕީ، އަދާލަތު ބޮޑު ޖޫރިމަނާއެއް ކޮށްފި

Dec 14, 2015
1
  • ކޮންމެ ޕާޓީއެއް ޖޫރިމަނާ ކުރީ 75،000ރ. އިން
  • ގާނޫނާ ހިލާފު އަމަލުތައް މުޒާހަރާގައި ހިންގި
  • މީގެ ކުރިން ވެސް އެ ދެ ޕާޓީ ޖޫރިމަނާކުރި

މިންޖުވާން މުޒާހަރާޔާ ގުޅިގެން، އެމްޑީޕީ އާއި އަދާލަތު ޕާޓީ ބައިލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ، އެމްޑީޕީ އާއި އަދާލަތު ޕާޓީ ޖޫރިމަނާ ކުރީ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައި ވާތީ އެ މައްސަލަ ބެލުމަށް ފަހު ކަމަށެވެ. އެ ދެ ޕާޓީ ޖޫރިމަނާ ކުރީ ކޮންމެ ޕާޓީއެއް 75،000ރ. އަށް ކަމަށް ވެސް އިލެކްޝަންސް އިން ބުންޏެވެ.

މީގެ ކުރިން މޭޑޭގެ މުޒާހަރާޔާ ގުޅިގެން ވެސް އެ ޕާޓީ ޖޫރިމަނާކޮށްފައިވެ އެވެ.