މިސްކިތް

މިސްކިތުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

މިސްކިތަކުން ފަންކާއެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މާލޭ އީދު މިސްކިތުގެ ފަންކާއެއް ވަގަށް ނަގަށް އުޅުނު މީހެއްގެ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތު ވެސް ޖަހާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިސްކިތްތަކުން ވައްކަން ކުރުމާއި ތަކެއްޗަށް ގެއްލުން ދިނުމާއި މިސްކިތުގެ ހުރުމަތް ކެނޑުން ފަދަ މައްސަލަތައް މި އަހަރު ވަރަށް ގިނަކަން ފާހަގަކުރެވެ އެވެ. ހާއްސަަކޮށް މިސްކިތަކަށް ކުޑަކަމާއި ބޮޑުކަމު ދިޔަ މައްސަލަ ފާހަގަކޮށްލެވެ އެވެ.