ދުނިޔެ

ސުއޭޒް ކެނަލުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފި

މިސްރުގެ ސުއޭޒް ކެނަލުން ލިބޭ އާމްދަނީ 2022 ގައި 11 ޕަސެންޓް އިތުރުވާނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރު، އުސާމާ ރާބީ ވިދާޅުވި ގޮތުގައި 2022 ގެ ފުރަހަ ހަމަސް ދުވަހުގެ ތެރޭގައި އާމްދަނީ 11 ޕަސެންޓަށް އަރާނެ ކަމަށް ލަފާ ކުރެވިފައިވެ އެވެ.

ޗެއާމަން ވިދާޅުވީ ކޮވިޑާ ގުޅިގެން ދުނިޔެ ބަންދުވެފައި އޮތުމަށް ފަހު ދަރުތުތަކަށް ހުޅުވޭއިރު މުދާ އުފުލާ ބޯޓުފަހަރަށް ސުއޭޒް ކެނަލް މުހިންމުވާނެ ކަމަށާއި ސުއޭޒް ކެލަން އޮތޯރިޓީން ބޯޓުފަހަރަށް މަގު ތަނަވަސްކޮށްދީ ސަލާމަތުން ކަނޑުއޮޅި ހުރަސް ކުރެވޭނެ އިންތިޒާމް ކަށަވަރުކުރާނެ ކަމަށެވެ.

ރާބީ ވިދާޅުވި ގޮތުގައި ސުއޭޒް ކެނަލުން ލިބޭ އާމްދަނީ މިހާރު ވެސް އިތުރުވަމުން އާދެ އެވެ. އަންނަ އަހަރު ފަހުކޮޅު، އަހަރުގެ ކުރީކޮޅަށް ވުރެ އާމްދަނީ އިތުރުވާނެ އެވެ.

ސުއޭޒް ކެނަލްއަކީ މެޑިޓަރޭނިއަން އާއި ރަތްކަނޑު ގުޅުވައިދޭ އެންމެ ކުރުމަގެވެ. ޔޫރަޕުން އޭޝިއާއަށް ދަތުރު ކުރާ ބޯޓު ފަހަރު މި ކަނޑުއޮޅިން ދަތުރު ކުރަނީ މަގު ކުރު ކުރުމަށެވެ.

ސުއޭޒް ކެނަލުން ދަތުރުން ތިން ދުވަސް ސަލާމާތް ކުރެވޭ ކަމަށްވެ އެވެ. އެނޫން ގޮތެއްގައި ބޯޓުތައް ދަރުކުރަން ޖެހެނީ މުޅި އެފްރިކާ ބައްރު ވަށާލާފަ އެވެ. މިއީ މުދާ ބޯޓް އޮޕަރޭޓަރުންނަށް ވަރަށް ޚަރަދު ބޮޑު ގޮތެކެވެ.

ރާބީ ވިދާޅުވީ ސުއޭޒް ކެނަލްގައި ބޮޑެތި ބޯޓުފަހަރު ތާށިނުވާ ގޮތް ހެދުމަށްޓަކައި ކެނަލް ފުންކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. މިސްރުން އާމްދަނީ އިތުރުކުރަން މަސައްކަތްކުރާއިރު ދޭ ޚިދުމަތް ވެސް ރަނގަޅުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.