މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އުފައްދާފައިވާ މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނަށް 15.4 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދަށުން އައިމަން ލަތީފް ކިޔާ މީހަކު ވަނީ މި ދެ ކޮމިޝަނަށް ކުރި ހަރަދުގެ ތަފްސީލް ހޯދައި ޓުވިޓާގައި އާންމުކޮށްފަ އެވެ.
މި ދެ ކޮމިޝަނަށް ކުރި ހަރަދުތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ހަަރަދެއް ކޮށްފައިވަނީ ކޮމިޝަންގެ މެމްބަރުންގެ މުސާރަ އަށެވެ. އެގޮތުން 2018 އިން ފެށިގެން މިދިޔަ ނޮވެމްބަރުު މަހުގެ ނިޔަަލަށް އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުންގެ މުސާރަ އަށް 9.1 މިލިއަން ރުފިޔާ އަދި މަރު ކޮމިޝަންގެ މެމްބަރުންގެ މުސާރަ އަށް 4.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ދެ ކޮމިޝަންގެ ޖުމްލަ ހަރަދު
- އެސެޓް ރިކަވަރީ ކޮމިޝަނަށް: 10 މިލިއަން ރުފިޔާ
- މަރު ކޮމިޝަނަށް: 5.5 މިލިއަން ރުފިޔާ ރުފިޔާ
ދެ ކޮމިޝަނަށް ބޮޑު ހަރަދުތަކެއް ކުރިއިރު ދައުލަތުން ގެއްލުވާލާފައިވާ ފައިސާތައއް ހޯދުމުގައި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. އަދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ވެސް މަރު ކޮމިޝަނަށް އެކަށީގެންވާ ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެެ.