ރާއްޖެ ކުޅިވަރު

މެލޭޝިޔާގައި ކުޅޭ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ދަގަނޑޭ ނޮމިނޭޓްކޮށްފި

މެލޭޝިޔާގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމަށް މި އަހަރު ވެސް ރާއްޖޭގެ ގައުމި ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ނޮމިނޭޓްވެއްޖެ އެވެ.
ހުސްވި އަހަރު މި މަގާމު ހޯދި ޕީޑީއާރުއެމްގެ ފޯވަޑް ދަގަނޑޭއާއެކު މި ފަހަރު މި މަގާމަށް ވާދަކުރަނީ މެލޭޝިޔާ ސުޕަ ލީގުގެ ޗެމްޕިއަން ޖޮހޯރު އެފްސީގެ ލޫސިއާނޯ ފިގުއެރޯ އާއި ލީގުގެ ތިން ވަނަ ހޯދި ޕަހަންގްގެ ފޯވަޑް ޑިކްސަން ވަކައޭމޭ އެވެ. މީގެ ތެރެއިން ލޫސިއާނޯ 12 ގޯލު ޖަހާފައިވާއިރު ދަގަނޑޭ ޖަހާފައިވަނީ 10 ގޯލެވެ. ޑިކްސަން ޖެހީ އަށް ގޯލެވެ.

ދަގަނޑެ މިވަގުތު ހުރީ ސާފް ސުޒުކީ ކަޕަށް ތައްޔާރުވާން ގައުމީ ޓީމާއެކު މެލޭޝިޔާގަ އެވެ. މިހެންވެ އަންނަ ހުކުރު ދުވަހު ބާއްވާ އެވޯޑް ހަފުލާގައި އޭނާ އަށް ބައިވެރިވެވޭނެ އެވެ.

ދަގަނޑޭއަކީ ބިދޭސީ ލީގެއްގައި މިހާތަނަށް އެންމެ ގިނަ ދުވަހު ކުޅުނު ދިވެހި ކުޅުންތެރިޔާ އެވެ. އަދި ބިދޭސީ ލީގެއްގައި ކުޅެގެން އެވޯޑެއް ހާސިލްކުރި ފުރަތަމަ ކުޅުންތެރިޔާވެސްމެ އެވެ.
އޭނާ އަށް މިދިޔަ އަހަރު މެލޭޝިޔާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ލިބުނީ ޕީޑީއާރުއެމް ސުޕަ ލީގަށް ކޮލިފައިކޮށްދިނުމަށް ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން އެ ޓީމަށް ހޯދައިދިނުމުގައި އޭނާގެ ބައިވެރިވުން ބޮޑުކަމުންނެވެ.
ދަގަނޑޭ އަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާ އެވެ.