ހަބަރު

ވެސްޓްޕާކު ބަސް ރޫޓަށް ބަދަލު ގެނެސްފި

އެމްޓީސީސީން މާލޭގައި ބަހުގެ ހިދުމަތްދޭ ރޫޓްތަކުގެ ތެރޭގައި ހިމެނޭ ވެސްޓްޕާކް ބަސް ރޫޓަށް ވަގުތީގޮތުން ބަދަލު ގެނެސްފި އެވެ.

އެމްޓީސީސީން ބުނީ މި ބަދަލު ގެނައީ މި މަހުގެ 25 އިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިިބަދަލު ގެނައީ ރަސްފަންނު ސަރަހައްދުން ފެށިގެން ވެސްޓްޕާކް ހިމެނެ ސަރަހައްދާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ނައިޓް މާކެޓެއް ކުރިއަށްދާތީ އެވެ.

މަގު ބަންދުކޮށްފައިވާ މުއްދަތުގައި ވެސްޓްޕާކު ހުޅުމާލެ އަދި ވެސްޓްޕާކް ވީއައިއޭގެ ރޫޓު ބަދަލު ކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ ބަސް ސްޓޮޕަށެވެ.

ކުރި އެކޭވެސް އެއްފަދައިން އަންނަ މަހުގެ ހަވަނަ ދުވަހުން ފެށިގެން ވެސްޓްޕާކް ރޫޓުގެ ދަތުރުތައް އަލުން ފަށާނެ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެ އެވެ.