މަރު

ތިލަފުށީގެ އިމާރާތަކުން ވެއްޓުނު މީހަކު މަރުވެއްޖެ

ތިލަފުށި މަތިން ފެންނަ ގޮތުގެ ފޮޓޯއެއް: ތިލަފުށީގެ އިމާރާތުން ބިދޭސީއަކު ވެއްޓި މިއަދު ވަނީ މަރުވެފައި
0%
0%
0%

ތިލަފުށީގެ އިމާރާތް ކުރަމުން ދިޔަ ތަނަކުން ބިދޭސީއަކު ވެއްޓި މަރުވެއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ފުލުސް އިދާރާއިން ބުނީ ސިނާއީ އެ ރަށުގައި އިމާރާތްކުރަމުން ދިޔަ ތަނަކުން ވެއްޓި މަރުވީ ބަންގްލަދޭޝްއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ވެެއްޓުނީ ކިހާ އުސްމިނެއްގެ އިމާރާތަކުން ކަން ފުލުހުން ސާފުކޮށެއް ނުދެ އެވެ.

ފުލުސް މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް އައޫ ހެނދުނު 9:30 ގައި ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. އޭގެ ފަހުން އައިޖީއެމްއެޗުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

އިމާރާތްކުރުމުގައި އަޅަން ޖެހޭ ސަލަމާތީ ފިޔަވަޅުތައް އަޅާފައި ނެތުމުގެ ސަބަބުން މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345