މޯލްޑިވްސް ޕޮލިސް ސާވިސް

315 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

ފުލުހުން 315 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.

ދޫނިދޫގައި މިއަދު މަސްތުވާތަކެތި ނައްތާލަން ބޭއްވި ހަރަކާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސީޕީ މުހައްމަދު ހަމީދާއި އާއި ފުލުހުން އިސް ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައިވެ އެވެ.

ފުލުހުން މިއަދު ނާއްތާލާފައިވަނީ ރ. ޅާނބުގަލިން މިދިޔަ އޮކްޓޫބަރު މަހު އަތުލައިގެން 215 ކިލޯގެ މަސްތުވާ ތަކެއްޗާއި ބައެއް އޮޕަރޭޝަންތަކުން ފުލުހުން އަތުލައިގެންފައުހުރި 107 ކިލޯގެ މަސްތުވާތަކެއްޗެވެ. މިތަކެތީގެ އަގަކީ ގާތްގަނޑަކަށް 316 މިލިއަން ރުފިޔާ އެވެ.
ފުލުހުން ބުނީ މި މަހުގެ ތެރޭގައި ފުލުހުން އަތުލައިގެން 119 ކިލޯގެ މަސްތުވާތަކެތި މިހާރު ފޮރެންސިކްސް ލެބޯޓަރީގައި ތަހުލީލުކުރަމުންދާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި 1801 ކިލޯގެ މަސްތުވާތަކެތި ފުލުހުން ނައްތާލާފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ތެރޭގައި 10 އަހަރު ވަންދެން ނައްތާ ނުލެވި ހުރި އެއްޗިހި ވެސް ހިމެނޭ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ގާނޫނީގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ނިންމުމަށް ފަހު ފުލުހުން އެންމެ އިސްކަމެއްދެނީ އެތަކެތި އަވަހަށް ނައްތާލުމަށް ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

މީގެ އިތުރުން ވިދާޅުވީ މާލޭގެ 43 ސަރަހައްދެއްގައި ވިޔަފާރީގެ އުސޫލުން މަސްތުވާތެކިވިއްކާ ކަމުގެ މައުލޫމާތު ފުލުހަށް ލިބިފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގައި ވެސް ވިޔަފާރީގެ އުސޫލުން އެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ވިދާޅުވި އެވެ. ސީޕީ ވިދާޅުވީ އެ މަސައްކަތުގައި އެކި އުމުރުފުރައިކުދިން ބައިވެރިކުރާ ކަމަށެވެ.