ބޭރު ކުޅިވަރު

ރެއާލް މެޑްރިޑުން އެމްބާޕޭ ގެންނަން އަތުކުރި އޮޅާލައިފި

ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ތަރި -- ކިލިއަން އެމްބާޕޭ ގެންނަން ރެއާލް މެޑްރިޑުން އަތުކުރި އޮޅާލައިފި އެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރެއާލުން އޮތީ ދުވަހަކު ވެސް ކުޅުންތެރިޔަކު ގަނެވޭނެ ކަމަށް ގަބޫލު ނުކުރާ ވަރަށް އެމްބާޕޭ ގަތުމަށް ތައްޔާރުވެ ޔަގީން ކަން ހޯދައިގެންނެވެ.

އެމްބާޕޭ ޕީއެސްޖީ އަށް ކުޅެދޭ ފަހު މެޗަކަށް ވެގެންދާނީ ޗެމްޕިއަންސްލީގުގެ ގަދަ 16ގައި ރެއާލް އަދި ޕީއެސްޖީ ވާދަކުރާ މެޗު ކަމަށްވެ އެވެ.

ރެއާލް މެޑްރިޑުން ވަނީ މިދިޔަ އޮގަސްޓް މަހު ވެސް އެމްބާޕޭ ގެންދަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ، އޭރު އޭނާ ވިއްކާލަން ޕީއެސްޖީން ދެކޮޅު ހެދުމުންނެވެ. މިކަމާ އެމްބާޕޭ ވެސް ވަނީ ހިތް ހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އުމުރުން 23 އަހަރުގެ މި ކުޅުންތެރިޔާ މިހާރު ކުޅެމުންދާ ކުލަބު ކަމަށްވާ ފްރާންސްގެ ޕީއެސްޖީ އާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހު އެވެ.

ސީޒަން ނިމުމާއިއެކު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެ ކަމުގެ އިޝާރާތްތައް އޭނާ ވެސް ވަނީ ދީފަ އެވެ.

ނަން މަޝްހޫރު މޮޅު ކުޅުންތެރިން ތަކެއް ގިނަ އަދަދަކަށް ހިމެނޭ ޕީއެސްޖީ އަށް ކުޅުމަށް މިދިޔަ ޓްރާންސްފާގައި ސޮއި ކުރި ވައިން އަލްޑަމް ވެސް އަންނަނީ އެޓީމު ދޫކޮށް އާސެނަލް އަށް ބަދަލުވުމަށް ތައްޔާރުވަމުންނެވެ.