މާލޭ ސިޓީ ކައުންސިލް

މާލޭގައި އެއްލައްކަ ގަސް އިންދުމަށް ތައްޔާރުވެއްޖެ

Dec 29, 2021
2

މާލޭގައި އެއްލައްކަ ގަސް އިންދުމަށް މާލެ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެ އެެވެ.

މި ޕްރޮގްރާމުގެ ދަށުން މާލޭގެ މަގުތަކާއި ޕާކުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމު ފަށަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު މާލެ އާއި ވިލިމާލޭގަ އެވެ.

މަޖީދީ މަގު ހިމެނޭ ގޮތަށް ފުރަތަމަ އިންދާ 150 ގަހުގެ ތެރެއިން 65 ޕަސަންޓް ގަހަކީ އަނބު ގަހެވެ. ހިތިގަހާއި ދަނބުގަހާއި ސައްކެޔޮ ގަސް ފަދަ ގަސްތައް އިންދުމަށް ހަމަޖައްސާފައިވެ އެވެ.

މާލެ ސިޓީ ކައުންސިލްގެ މިދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމު ހިމަނާ އެކަމަށް ބޭނުންވާ ގަސްތައް ގެނެސްފައިވަނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުންނެވެ.

ގަސްތައް ބެހެއްޓުމަށް ކާނިވާ ސަރަހައްދުގައި ހާއްސަ ނާސަރީއެއް ހެދުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެެވެ.

މާލެ ސިޓީ ކައުންސިލްގެ ކުރީގެ ދައުރުތަކުގައިވެސް މާލެގައި ގަސް އިންދާފައިވެ އެވެ. ނަމަވެސް އެކަށީގެންވާ އިންތިޒާމެއްގެ ތެރެއިން ގަސްތައް ބަލަހައްޓަމުން ނުދާތީ ވަރަށް ގިނަ ގަސްތައް ވަނީ މަރުވެފަ އެވެ.