ރައީސް އޮފީސް

ބާމިންހަމް ކްއީންސް ބެޓްން އަށް ރާއްޖޭން މަރުހަބާ ކިޔައިފި

Dec 29, 2021
ބާމިންހަމް 2022- ކްއީންސް ބެޓްން ރައިީސް ސޯލިހުގެ އަތްޕުޅަށް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ބާމިންހަމް 2022- ކްއީންސް ބެޓްން އަށް ދިވެހިރާއްޖެއިން ރަސްމީކޮށް މަރުހަބާ ކިޔައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން ކްއީންސް ބެޓްން އަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ކޮމަންވެލްތް ގޭމްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވަނީ ރައީސް ސޯލިހުގެ އަތްޕުޅަށް ބެޓްން އަރުވާފަ އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ބެޓްންގެ ރަސްމީ ޖާޒީ ވެސް ވަނީ ރައީސް ސޯލިހާއި ނައިބް ރައީސް ފައިސަލަށް ހަދިޔާކުރައްވާފަ އެވެ.

ކޮމަންވެލްތް ގޭމްސްގެ ކްއީންސް ބެޓަން ރިލޭ ފަށާފައި ވަނީ މިދިޔަ އޮކްޓޫބަރު ހަތްވަނަ ދުވަހު އިނގިރޭސިވިލާތުންނެވެ. އެއަށްފަހު ކްއީންސް ބެޓަންގެ ތާރީހީ ދަތުރުގައި ކޮމަންވެލްތްގެ 72 ގައުމަށް މި ބެޓަން ގެންގޮސް 294 ދުވަހުގެ ތެރޭގައި ކޮމަންވެލްތްގެ ހުރިހާ ކަންކޮޅަކަށް މި ބެޓްން ގެންދާނެ އެވެ. މި ދަތުރުން ރަމްޒުކޮށްދެނީ އުއްމީދާއި، އެއްބައިވަންތަކަމާއި، ކޮމަންވެލްތުގެ އެއް ގައުމު އަނެއް ގައުމާ އެކު އޮންނަ ގުޅުމެވެ.

ސޯޅަވަނަ ރަސްމީ ކްއީންސް ބެޓްން ރިލޭގެ ތާރީހީ ދިގު ދަތުރު ނިންމާލާނީ އަންނަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު ބާމިންހަމްގައި ބާއްވާ ކޮމަންވެލްތް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345