ދުނިޔެ

ބައިޑަން މިއަދު ޕޫޓިންއަށް ފޯނުން ގުޅުއްވާނެ

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިއަދު ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ގުޅުއްވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

ވައިޓް ހައުސްގެ އޮފިޝަލް ވިދާޅުވި ގޮތުން ބައިޑަން ކުރައްވަނީ ތަންކޮލެއް ސިރިއަސް ކޮލެކެވެ. އޭނާ ވިދާޅުވީ ދެ ރައީސުން މަޝްވަރާ ކުރައްވަން މައުލޫތަކެއް ހުރި ނަމަވެސް ޔުކްރޭން މައްސަލައަށް އަހަންމިޔަތުކަން ދެއްވާނެ ކަމަށެވެ.

އެމެރިކާގެ ނެޝަނަލް ސެކިޔުރިޓީ ކައުންސިލްގެ ތަރުޖަމާން އެމިލީ ހޯން ވިދާޅުވި ގޮތުގައި ބައިޑަން ގެންދަވަނީ ދުނިޔޭގެ ލީޑަރުންނާ މަޝްވަރާ ކުރައްވަމުން އެވެ. އޭނާ ވިދާޅުވީ ޔޫރަޕްގެ ބައިވެރިނާއި ވެސް ބައިޑަން މަޝްވަރާ ކުރެއްވި ކަމަށެވެ.

ތަރުޖަމާން ވިދާޅުވީ ރޮމޭނިއާ އާއި ޕޮލޭންޑް އަދި ބަލްގޭރިއާ، ހަންގޭރީ، ޒެކް ރިޕަބްލިކް، ސްލޮވޭކިއާ. ލިތުއޭނިއާ، ލަޓިވިއާ އަދި އެސްޓޯނިއާގެ މަންދޫބުންނާ ވެެސް އެމެރިކާގެ އޮފިޝަލުން މަޝްވަރާކުރައްވައި ޚިޔާލު ހޯއްދަވާ ކަމަށެވެ.

ބައިޑަން-ޕޫޓިންގެ ފޯންކޯލާ ބެހޭ ގޮތުން ސީއެންއެންއިން ބުނީ ފޯނުކޯލަކީ ޕޫޓިން އެދިވަޑައިގަތުމުގެ މަތިން ކުރައްވާ ފޯނުކޯލެއް ކަމަށެވެ. އަދި ބުނީ ރަޝިއާއާ މަޝްވަރާ ކުރެވެން އޮންނަ ފުރުސަތެއް ބައިޑަން ވަރަށް ދޫކޮށްނުލައްވާ ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީއާ ގުޅުއްވައި މަޝްވަރާ ކުރެއްވި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އަދި ޔުކްރޭންގެ މިނިވަންކަން ދެމެހެއްޓުމަށް އެމެރިކާ އެހީތެރިވެދެއްވާނެ ކަމަށް ބްލިންކެން ވިދާޅުވި ކަމަށްވެ އެވެ.

ޔުކްރޭން އާއި ރަޝިއާއާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން ހައްލުކުރުމަށް އެމެރިކާ އެހީތެރިވެދެއްވާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ. އަދި އެމެރިކާ އަބަދު ވެސް ދެމިއޮންނާނީ ޔުކްރާންއާ އެކުު ކަމަށް ވެސް ވިދާޅުވި އެވެ.