މިނިސްޓްރީ އޮފް ޓޫރިޒަމް

މަނަދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރަން ހަވާލުކޮށްފި

ނ. މަނަދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެ ހޮޓާ ތަރައްގީ ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން މިއަދު ހަވާލު ކުރީ ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.
މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިންފާ އެވެ. ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރު އައްބާސް މުހައްމަދެވެ.

އެ މަސައްކަތުގައި ފަތުރުވެރިކަން މަނަދޫގައި ތަރައްގީކުރަން ކަނޑައަޅާފައިވާ 132,000 އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް އެ ހޮޓާ އެ ކުންފުނިން ހިންގާނެ އެވެ. އަދި މަދުވެގެން 50 ކޮޓަރި ހިމެނޭ ގޮތަށް އެ ހޮޓާ ތަރައްގީކޮށް 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ގެ ކުރިން ހުޅުވާނެ އެވެ.