ބޭރު ކުޅިވަރު

ސިޓީ ލީޑު ފުޅާ ކުރިއިރު ޗެލްސީ ފުރުސަތު ނަގާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަ ސިޓީން ލީޑު ފުޅާ ކުރިއިރު ޗެލްސީ ފުރުސަތު ނަގާ ލައިފި އެވެ.

ޗެލްސީ އާއި ބްރައިޓަން ވާދަ ކުރި މެޗު ނިމިގެން ދިޔައީ 1-1 އަކުން އެއްވަރު ވެގެން ނެވެ. ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ޗެލްސީން ލަނޑު ޖެހީ މޭސަން މައުންޓް ނަގައިދިން ކޯނަރަކުން ރޮމެލޫ ލުކާކޫއެވެ. އޭގެ ކުރިން ޗެލްސީގެ ރީސް ޖޭމްސްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ބަދަލު ކުރަން ޖެހުނެވެ.

މިގޯލަށް ފަހު ވެސް ޗެލްސީން އާއި ބްރައިޓަން އިން ވެސް ދިޔައީ ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުންނެވެ.

ދެވަނަ ހާފް ގައި ޗެލްސީއިން ދެއްކި ކުޅުމަށް ވުރެ ބްރައިޓަން އިން ދެއްކި ކުޅުން ފާހަގަ ކުރެވެއެވެ. އެގޮތުނ އެޓީމުން ވަނީ ދެވަނަ ހާފުގެ 56 އަދި 58 ވަނަމިނެޓުގެ ތެރޭގައި ފުލުފުލުގައި ތިން ހަމަލާއެއް ޗެލްސީގެ ގޯލާއި އަމާޒް ކޮށް ފޮނުވައިލާފައެވެ. އަދި 64 ވަނަ މިނެޓު ގައި އެޓީމުން ފަހި ކުރި ފުރުސަތު ވެސް ފާހަގަ ކުރެވެއެވެ.

ބްރައިޓަންއަށް ލަނޑު ޖަހައި ދިނީ ޑެނީ ވެލްބެކް އެވެ.

ރޭގެ މެޗުގައި ބްރައިޓަން އިން ގޯލަށް ނުރައްކާ ކުރި ދަނޑިވަޅުތަކުގައި ޗެލްސީގެ ފަރާތުން ކުރި ފައުލު ތަކާ ގުޅިގެން ރޭގެ މެޗުގައި ވަނީ އެޓީމުގެ ހަތަރު ކުޅުންތެރިޔަކަށް ރީނދޫކާޑު ދައްކާފައެވެ.