ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްޓަކައި ފަނޑިޔާރުންނާ ސިއްރު ސާވޭއެއް ކުރިއަށް ގެންދަން ފަށައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށް ގެންދާ ސާވޭގައި ފަނޑިޔާރުންގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހޯދަނީ ގާނޫނީ ވަކީލުންނާއި ކޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުންނެވެ.
ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ސާވޭ ފޯމުގެ ގޮތުގައި ހާއްސަ ފޯމެއް ވެސް ތައްޔާރުކޮށްފައިވެ އެވެ.
ޖޭއެސްސީން ކަނޑައަޅާފައިވާ ވަކި އީމެއިލް އަކަށް ސާވޭ ފޯމް ފޮނުވަން ޖެހޭ އެންމެ ފަހު ތާރީހަކީ ކުރިއަށް އޮތް ޖެނުއަރީ 15 ވަނަ ދުވަހެވެ.
ސާވޭގައި ބައިވެރިވާ ވަކީލުންނާއި ޝަރުއީ ދާއިިރާގެ މައުލޫމާތު ސިއްރުކޮށްދޭނެ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.
ޖޭއެސްސީން އަލަށް ކުރިއަށް ގެންދާ ސާވޭގެ ފުރަތަމަ ބުރުގައި ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުންގެ ލިސްޓްގައި މުޅިން ވެސް ހިމެނެނީ މާލޭގައި ހިންގާ ސްޕީރިއާ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނެވެ. ޖޭއެސްސީގެ ލިސްޓުގައި 29 ފަނޑިޔާރަކު ހިމެނެ އެވެ.
ލިސްޓްގައި ހިމެނޭ ފަނޑިޔާރުން
- ސިވިލް ކޯޓުގެ ގާޒީން
- އަބްދުﷲ އަލީ - އިސް ގާޒީ
- އާދަމް އިބްރާހިމް އިސްމާއީލް
- ހަސަން ފަހީމް އިބްރާހިމް
- އަހްމަދު ރަޝީދު
- ފަރުހާދު ރަޝީދު
- މަރިޔަމް ވަހީދު
- އަލީ އަބްދުﷲ
- ޒުބައިރު މުހައްމަދު
- އަބްދުލްނާސިރު ޝަފީގު
- ހާފިޒާ އަބްދުސައްތާރު
- ފެމިލީ ކޯޓުގެ ގާޒީން
- އަބްދުﷲ ނަޝީދު
- އަހްމަދު ސަމީރު އަބްދުލްއަޒީޒް
- އަހްމަދު މުސްތަފާ
- ހުޒައިފާ މުހައްމަދު
- އަބްދުﷲ މުހައްމަދު
- އިބްރާހިމް މާހިރު
- ކްރިމިނަލް ކޯޓުގެ ގާޒީން
- އަހްމަދު ޝަކީލް - އިސް ގާޒީ
- އަލީ އާދަމް
- ހަސަން ސަޢީދު
- ހުސައިން ފާއިޒް ރަޝާދު
- ޖުވެނައިލް ކޯޓުގެ ގާޒީން
- ސައީދު އިބްރާހިމް - އިސް ގާޒީ
- އަހްމަދު ޝަރީފް
- މުހައްމަދު އީސާފުޅު
- ޑްރަގް ކޯޓުގެ ގާޒީން
- އަބްދުއްސައްތާރު އަބްދުލްޙަމީދު - އިސް ގާޒީ
- ހުސައިން ޝަހާމަތު މާހިރު
- މުހުތާޒު ފަހުމީ
- އާދަމް އާރިފް
- މުހައްމަދު ނައީމް
- މުހައްމަދު ސަމީރު
ޖޭއެސްސީގެ ލިސްޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރޭގައި ފެމިލީ ކޯޓުގެ އިސް ގާޒީ ފިޔަވާ، އެހެން ސުޕީރިއާ ކޯޓުތަކުގެ އިސް ގާޒީން ހިމެނެ އެވެ.