އެމްއޭސީއެލް

ވީއައިއޭ އަށް 300 ޕްރައިވެޓް ޖެޓު ޖައްސައިފި

Dec 31, 2021

މި މަހުގެ މިހާތަނަށް 300 ޕްރައިވެޓު ޖެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.

އެމްއޭސީއެލް އިން ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް 300 އަށްވުރެ ގިނަ ޕްރައިވެޓް ޖައްސައިފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި މިދިޔަ ހަފްތާގެ އަންގާރަ އަދި ބުދަ ދުވަހު ވީއައިއޭ އަށް 35 ޕްރައިވެޓް ޖެޓު ވަނީ ޖައްސައިފަ އެވެ. އޭގެ ތެރެއިން ގިނައީ އާ އަހަރު ފެށުން ފާހަގަކުރުމަށް ރާއްޖެ އައި މީހުންނެވެ.

ކޮންމެ އަހަރެއްގައި ވެސް ޕީކް ސީޒަނާ ދިމާކޮށް ވީއައިއޭ އަށް ޕްރައިވެޓް ޖެޓު ޖައްސާ މިންވަރު އިތުރުވެ އެވެ. މުއްސަނދިން އެންމެ ގިނައިން ޗުއްޓީ ހޭދަކުރަން އަންނަ އެއް މަންޒިލަކީ ވެސް ރާއްޖެ އެވެ.

ރާއްޖޭގެ މިއަހަރުގެ ޓޫރިޒަމްގެ އަމާޒު ކަމަށްވާ 1.3 ވަނަ ފަތުރުވެރިން ގެނައުމުގެ އަމާޒަށް މިދިޔަ ހޯމަ ދުވަހު ވަނީ ވާސިލްވެފަ އެވެ.