ފެނަކަ ކޯޕްރޭޝަން

ހޯމް ސްޓޭ ވިޔަފާރިތަކަށް ފެނަކައިން ލުއި ދެނީ

ގޭގޭގެ ވަކި ކޮޓަރީގައި ޓޫރިސްޓުންނަށް ތިބެވޭ ގޮތަށް ތައާރަފްކުރި "ހޯމްސްޓޭ" ޓޫރިޒަމްގެ ވިޔަފާރިތަކަށް ލުއި ދޭން ފެނަކައިން ނިންމައިފި އެވެ.

ފެނަކައިން މި ނިންމުން އިއުލާންކުރީ މ. ދިއްގަރުގައި ހޯސްސްޓޭ ފެށުމަށް މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ދެއްކެވި ވާހަކަފުޅުގަ އެވެ.

ދިއްގަރުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްވެސް ދެނީ ފެނަކައިން އެވެ. އަދި މި ނޫންވެސް ގިނަ ރަށްރަށުގައި ފެނަކައިން ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްތައް އެ ކުންފުނިން ދެއެެވެ.

އާންމުކޮށް މި ހިދުމަތް ހިންގާ ތަންތަނުން ފެނަކައިން ނަގަނީ އަގުބޮޑުކޮށް ވަކި ރޭޓެއްގަ އެވެ. ހޯމްސްޓޭގެ ވިޔާފަރިތައް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކުރުމަށް ފަހު މި ހިދުމަތްތަކަށް ވަކިން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.

ނަމަވެސް މިއަދު ދިއްގަރުގައި ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވީ ހޯމްސްޓޭތަންތައް ރަޖިސްޓްރީ ކުރުމަށް ވަކިން ފެނަކައިގައި ރަޖިސްޓްރީ ކުރުމަށް ތިން މަހެއްްހާާ ދުވަސް ދޭނެ ކަމަށެވެ.

އަދި ހޯމްސްޓޭގެ ތަންތަނަށް ފެނާއި ކަރަންޓު ފަދަ ހިިދުމަތްތައް ގާާއިމްކުރުމަށް ކުުރަަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށެވެ.

"ހިނގާ ހަަަރަދުގެ އަގަށް ބެލުމަށް ފަހު ތިން މަހާ ހަމަހާ އަދި އެއް އަހަަރާާ ހަަމައަށް އަޅުގަނޑުމެން ބަހާލަދޭނަން. މިއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިކަމުގައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ ވަރަށް ބޮޑުކަމެއް އަދި ރައްޔިތުންނަށްވެސް އޭގެ އެންމެ ހަގީގީ މަންފާ ލިބިގެންދާނެ ހަގީގީ ގޮތަކީވެސް މިއީ،" ސައީދު ވިދާޅުވި އެވެ.

ހޯމްސްޓޭ ދިއްގަރުގައި ރަސްމީކޮށް ފެށިއިރު މިރަަށުން އަދި ހިދުމަތް ދޭން ފެށީ އެންމެ ގެއަކުން ނެވެ. މި ގޭގައި މިހާރު ހަަތަރު ފަތުރުވެރިން ދަނީ ޗުއްޓީ ހޭދަކުރަމުން ނެެވެ.