ބޭރު ކުޅިވަރު

މަޔޯކާ އަތުން މޮޅުވެ ބާސާ ފަސް ވަނައަށް ޖެހިލައިފި

ލަލީގާގައި ރޭ ބާސެލޯނާ ކުޅުނު މެޗުން މޮޅުވެ އަންނަ ސީޒަންގެ ޗެމްޕިައންސް ލީގުގެ ޖާގައެއް ހޯދުމާއި ގާތަށް ޖެހިލައިފި އެވެ.

ބާސާގެ ކޯޗުކަމާއި އަލަށް ހަވާލުވި ކުރީގެ އެޓީމުގެ ކުޅުންތެރިޔާ ޒަވީ ހާނަންޑޭޒް ކޯޗުކަމުގެ ދަށުން ވެސް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ ބާސާއިން ރޭގެ މެޗުން މޮޅުވީ 1-0 އަކުން ލަލީގާގެ 15 ވަނައިގައި އޮތް މަޔޯކާ އަތުން ފޯރިގަދަ ކުޅުމަކަށް ފަހުގައެއެ. މިމެޗުގައި ބާސާއިން ކާމިޔާބު ކުރި ހަމައެކަނި ގޯލު ކާމިޔާބު ކޮށްފައި ވަނީ ނެދަލޭންޑްސް މިޑްފީލްޑަރު ފްރެންކީ ޑީ ޖޮންގް އެވެ. އޭނާ ގޯލު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރަތަމަހާފު ނިމެން ކުޑަތަން ވެފައިވަނިކޮށް 44 ވަނަ މިނެޓުގައެވެ.

ބާސާއިން ރޭ ހޯދި ކާމިޔާބީ ބާސާގެ ސަޕޯޓަރުން ސިފަ ކޮށްފައިވަނީ އާ އަހަރު ފެށުމަށް ބަސާއިން ހޯދި ބޮޑު މޮޅެއްގެ ގޮތުގައެވެ.