ވިޔަފާރި

ފްލައިމީ އިން ސީޕްލޭން ދަތުރު ކުރަނީ ބޮލަކަށް 07 ޑޮލަރަށް!

Jan 19, 2015

ބޮލަކަށް 70 ޑޮލަރުގެ މަގުން ފްލައިމީ އިން ސީޕްލޭންގެ އުދުހުންތައް ފަށައިފި އެވެ.

ފްލައިމީ އިން ބުނީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި އެ ކުންފުނިން ގެނެސްފައިވާ މޫދާއި އެއް ގަމަށް ޖައްސާ ސީޕްލޭން އިން ދުވާލަކު 10 ފްލައިޓް އޮޕަރޭޓު ކުރާނެ ކަމަށެވެ. އަދި ހާއްސަ މުނާސަބަތުތަކާއި ގުޅިގެން ސީޕްލޭން ޗާޓަރު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތައް ބާއްވަމުން ގެންދާ ފްލައިމީން ބުނީ ދަތުރުތައް ފެށި ނަމަވެސް މިވަގުތު ދަތުރުތައް ބާއްވާނީ ހަމައެކަނި މާމިގިލީ އެއާޕޯޓަކަމަށާއި ނަމަވެސް ސިވިލް އޭވިއޭޝަނުން ހުއްދަ ލިބުމާއިއެކު ރިސޯޓްތަކުގެ ވޯޓާ ޕްލެޓްފޯމްތަކާއި ހަމައަށް ފްލައިޓް ޖައްސަން ފަށާނެ ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަކީ ނިސްބަތުން އެންމެ ގިނައިން ރިސޯޓްތައް ގާއިމް ކުރެވިފައިވާ އަތޮޅު ކަމަށްވުމާއިއެކު މިވަގުތައް ފްލައިޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މި އަތޮޅުތަކަށް ކަމަށް އެއާލައިނުން މައުލޫމާތު ދެއްވި އެވެ،" ފްލައިމީ އިން ބުންޏެވެ.

ފްލައިމީ އިން ދަތުރުތައް ފެށި ސީޕްލޭނަކީ ރާއްޖޭގައި އާއްމުކޮށް ބޭނުންކުރަމުން ގެންދާ ސީޕްލޭންތަކާ ތަފާތު އުޅަނދެކެވެ. މި ފްލައިޓަކީ އެއްގަމާއި މޫދަށް ވެސް ޖެއްސޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. މި ފްލައިޓުގައި އެއް ފަހަރާ ހަތް މީހުންނަށް ދަތުރު ކުރެ އެވެ. އަދި ފްލައިމީން ދަތުރެއް ބާއްވައިދެނީ 20 މިނެޓަށެވެ.