ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީސް އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ "ރައްޔިތުންގެ އިއްތިހާދު" އިން ފުލުހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހެޅި ސިޓީއެއްގައި ބުނެފައި ވަނީ 2020 ވަނަ އަހަރު ނަޝީދުމ ކްރިސްމަސްގެ ތަހުނިޔާ ފާޅުގައި ދިވެހިންނަށް ފޮނުވާފައި ކަމަށާއި އަދި މިދިޔަ އަހަރު ވެސް އަނެއްކާ ކްރިސްމަސްގެ ތަހުނިޔާ ކިޔުން ތަކުރާރުކޮށް ފޮޓޯ އާންމު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ހުށަހަޅާ ކަމަށެވެ.

އެ މައްސަލަ މީގެ ކުރިން ވެސް ފުލުހަށް އެ އިއްތިހާދުގެ ފަރާތުން ފޮނުވިކަން ފާހަގަ ކުރަމުން ސިޓީގައި ބުނެފައި ވަނީ ނަމަވެސް މައްސަލަ ކުރިޔަށް ގޮސްފައިނުވާ ކަމަށެވެ.