ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

އައްޑޫން ކޮވިޑް މަރެއް، ނަންބަރު 263 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

މި މަރު ރިޕޯޓް ކުރީ އައްޑޫ ސިޓީ އިންނެވެ. އެޗްޕީއޭ އިން ދެންމެ ބުނީ ރޭ މެންދަމު 2:30 ގައި އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.

އެއީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އޮތް މީހެކެވެ.

މި މަރާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 263 އަށް އަރާފައެވެ.

ކޮވިޑްގައި އިތުރު މީހަކު މަރުވިއިރު ރާއްޖެއިން އިއްޔެ 242 މީހަކު ވަނީ ކޮވިޑް އަށް ޕޮޒިޓިވްވެފައެވެ. މި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 96،294 އަށް އަރާފަ އެވެ.

އިއްޔެގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 97 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއީ މި ފަހުން މާލެ ސަރަހައްދުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ. ޕޮޒިޓިވް މީހުންގެ ތެރެއިން 78 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

ރިސޯޓްތަކުން 66 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ.