އެސްޓީއޯ

އެސްޓީއޯއިން ތަމްރީނުގެ ފުރުސަތުތަކެއް

Jan 4, 2022

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 26 ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ޔޫތް މިނިސްޓްރީން އެސްޓީއޯއާއެކު އެއްބަސްވުމެއް ހަދައިފި އެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެ، ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުން ކަމަށެވެ.

އެސްޓީއޯގެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން 26 ފުރުސަތު ހުޅުވާލަނެ އެވެ. އެއީ ހަ ދާއިރާއަކުންނެވެ. އެ ތަމްރީންތަކުގައި ހަ މަސް ދުވަސް ހޭދަކުރަން ޖެހޭނެ އެވެ.