ހަބަރު

ތިއާގޯ ސިލްވާ ކޮންޓްރެކްޓް އާ ކޮށްފި

ތިއާގޯ ސިލްވާ
0%
0%
0%

ޗެލްސީއަށް ކުޅެމުންނ އަންނަ ބްރެޒިލްގެ ތަޖުރިބާ ކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އެ ކުލަބުގައި 2023 ވަނަ އަހަރާއި ހަމަޔަށް ދެމި ހުރުމަށް ކޮންޓްރެކްޓް އާ ކޮށްފި އެވެ.

މިދިޔަ ސީޒަނުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް ޗެލްސީ ދޫކޮށްލަން އުޅުނު އުމުރުން 37 އަހަރުގެ ޑިފެންޑަރު ސިލްވާ މި ސީޒަންގައި ވެސް 22 މެޗު މިހާތަނަށް ކުޅެފައިވާ އިރު، އޭނާއަކީ ޗެލްސީގައި މުހިއްމު ރޯލެއް އަދާ ކުރަމުން އަންނަ އެއް ޑިފެންޑަރެކެވެ. މިދިޔަ ސީޒަންގައި ޗެލްސީއާއެކު ސިލްވާ ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައިވާ އިރު، އެޓީމުގެ ގިނަ މެޗުތަކުގައި ކެޕްޓަން ކަން ވެސް ކޮށްފައިވަނީ ވެސް ސިލްވާ އެވެ. ސިލްވާ ކުރިން ކުޅުނު ފްރާންސް ގެ ގަދަ ބާރު ކަމުގައިވާ ޕީއެސްޖީ އޭނާ ދޫކޮށްލީ މީގެ ތިން އަހަރު ކުރިންނެވެ.

"ފުރަތަމަ ޕީއެސްޖީން އައިއިރު އުންމީދެއް ވެސް ނުކުރަން ތިން އަހަރު ވަންދެން ޗެލްސީއަށް ކުޅޭނެ ކަމަކަށް. އެކަމަކު ޗެލްސީ ޓީމުގައި މިހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެން. ކުރިއަށް އޮތް ތަނުގައި ވެސް މި ކްލަބުގައި މަޑުކުރަން ގަސްތު ކުރަނީ. މި ކްލަބާއެކު ދުނިޔޭގެ އެންމެ ވަރުގަދަ ލީގުގައި ކުޅެވޭތީ ހިތްހަމަ ޖެހޭ،" އެއްބަސްވުން އާކޮށް ސިލްވާ ބުންޏެވެ.

މިއަހަރު ގަތަރުގައި ބޭއްވޭ ވޯލްޑް ކަޕާ ދިމާކޮށް ސިލްވާގެ ފޯމު ހުރީ ވަރަށް ރަނގަޅަށެވެ. ބެލެވޭ ގޮތުގައި އޭނާ ސްކޮޑަށް ނަގާނެ އެވެ. ސިލްވާ ވަނީ މިދިޔަ އޮކްޓޯބަރު މަހު ބްރެޒިލާއެކު 100 މެޗު ހަމަކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910