ގއ. މާމެންދޫ

މާމެންދޫ ކައުންސިލްގެ ނައިބް މަގާމުން ދުރުކޮށްފި

Jan 5, 2022
2
ގއ. މާމެންދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މިސްބާހް މުޖުތަބާ
0%
33.3%
66.7%

ގއ. މާމެންދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މިސްބާހް މުޖުތަބާ އެ މަގާމުން ވަކިކޮށްފި އެވެ.

މިސްބާހް މަގާމުން ވަކިކުރީ މިދިޔަ ހޯމަ ދުވަހު އޮތް މާމެންދޫ ކައުންސިލް ބައްދަލުވުމެއްގައި ބައިވެރިވި ކައުންސިލަރުންގެ އަގުލަބިއްޔަތުންނެވެ.

މިސްބާހު މަގާމުން ވަކިކުރުމުގެ އިޖުރައާތުގެ ގެންދިޔަ ގޮތް ރަނގަޅު ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން (އެލްޖީއޭ) އިން ވެސް ނިންމާފައިވެ އެވެ.

މާމެންދޫ ކައުންސިލްގެ ނައިބް ރައީސް ކަމުން މިސްބާހް ވަކިކުރި ނަމަވެސް ކައުންސިލަރެއްގެ ގޮތުގައި އޭނާ ހުންނަވާނެ އެވެ.

މިސްބާހްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފައި މިވަނީ މާމެންދޫ ސްލިޕްވޭ ސަރަހައްދުގައި ހުރި ވެލި ފުންޏަކުން އަށް ބަސްތާ ވެލި ނެގުމަށް ކައުންސިލްގެ ރައީސް އަހްމަދު އަޒީޒު ހުއްދަ ދެއްވުމުން އެ ދެ ބޭފުޅުންގެ މެދުގައި ދެބަސްވުންތަކެއް ހިނގި ފަހުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަ

އެންގާ ހުންނާނީ މިހާރު ވަރަށް އުފަލުން. ދެން ނައިބު ރައީސްކަން ހައްްޤުވެގެން އެއުޅޭ ސޮރަށް ދޭންވީނު އަވަހަށް. އޭން ދާނެ އެންގާ ބުނާހާ ކޮންމެ ކަމެއްވެސް ކުރަމުން. — އެވެސް ބޯނެ އެ އެންގާ ބުނެފިއްޔާ

ރީޝާ

އެކަމް ހާދަ ރީތި ކުއްޖެކޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345